16 ސެޕްޓެންބަރ 2025، މިއަދަކީ ހދ ހަނިމާދޫ ސިއްހީ މަރުކަޒަށް 26 އަހަރު ފުރޭ ދުވަހެވެ. 24 ގަޑި އިރު ޚިދުމަތް ދެމުން ގެންދާ މި މަރުޒުގައި ޖުމްލަ 44 މުވައްޒަފުން މަސައްކަތް ކުރަމުން ދާއިރު ދެގަޑީގައި އޯޕީޑީގެ ޚިދުމަތް ދެމުން ގެންދެއެވެ. ލެބޯޓުރީގެ ޚިދުމަތާއި މާބަނޑު މީހުންގެ ކުލިނިކުގެ އިތުރުން ފެމެލީ ހެލްތު ސެކްޝަން ގެ ޚިދުމަތް ވެސް ދެމުން ގެންދެ އެވެ. ހަފްތާގެ ވަކި ދުވަސް ތަކެއް ގައި އަންހެނުންގެ ޑޮކްޓަރާއި ކުޑަ ކުދިންގެ ޑޮކްޓަރުގެ ހިދުމަތް ވެސް ލިބެއެވެ.
ހަނިމާދޫ އަކީ ހިޱުރަ ކުރުމުގެ ތާރީހެއް އޮތް ރަށަކަށް ވެފައި އާބާދީ އަށް އަންނަމުން މިދާ ބަދަލާއި އެކު މިހާރު މިވަނީ އާބާދީއާ އެއް ފެންވަރެއްގެ ސިއްހީ ޚިދުމަތަކަށް ބޭނުން ވެފައެވެ. އާބާދީއާއި އެކަށީގެންވާ ސިއްހީ ޚިދުމަތްތަކެއް ނެތުން މިއީ ހިތާމަ ކުރަން ޱެހޭކަމެކެވެ.
ކޮންމެ ފަސް އަހަރަކުން ނުވަތަ ކޮންމެ އިންތިހާބެއްގެ ދުވަސްވަރު ޕޯސްޓަރުތަކާއި ބެނާ އާއި ބުރި ބުރީގެ ކުރެހުން ފަދަ ތަކެތީގެ ޒަރީއާ އިން ހޭލާ ތިއްބައި ތަފާތު ހުވަފެންތައް ފެނިގެން ގޮސްފިއެވެ. އެހެންނަމަވެސް ހުރީ ހަމަ އެއްކަލަ އޮފު ކެނޑި ކުލަ ވެއްޓިފައިވާ އިމާރާތެވެ.
26 އަހަރު ވޭތުވެގެން ދިއަ އިރު އަދިވެސް ހުރީ އެންމެ ފުރަތަމަވެސް ކުރެވުނު އިމާރާތެވެ. ދަންނަވަން މިއުޅެނީ މިތަނަކީ އިހުމާލުގެ މަށްޗައް އިހުމާލު ވެފައިވާ ތަނެއް ކަމެވެ. މިވަރުގެ ދިގު މުއްދަތެއްގައި އަންނަން ޖެހޭ ކުރި އެރުމާއި ތަރައްގީ އައިސްފައި ނުވުމަކީ ވަރަށް ގިނަ ފަރާތް ތަކެއްގެ އިހުމާލާއި އަޅާ ނުލުމެވެ.
ސިއްހީ މަރުކަޒުގެ ޓީމަކީ ހުނަރުވެރި ހިތްވަރު ގަދަ ޓީމެކެވެ. ލިބިފައިވާ ވަސީލަތް ތަކާއި މުވައްޒަފުންގެ ބުރަ މަސައްކަތުން ފަހުރުވެރިވާ ފަދަ ޚިދުމަތެއް މިއަދުވެސް ދެމުން ގެންދެއެވެ. “އައްސަރިބަހާއި ސާބަހެވެ”
އަޅުގަނޑު ފަދައިން ހަނިމާދޫގެ އެންމެހައި ރައްޔިތުން ވެސް ބޭނުން ވަނީ ބުރި ބުރީގެ ކުރެހުން ތަކުގައި ކުލަ ޖެހި ބޭސް ފަރުވާ އަށް ސަލާން ނުޖަހާ އުޅެވޭނެ ދުވަހެކެވެ.


