ކުޑަގިރީގައި ސްކައުޓް ކުދީން 500 ގަސް އިންދައިފި

ޚަބަރު ފަހުގެ

ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ކުޑަގިރީގައި މި މަހު 22ވަނަ ދުވަހުން 25ވަނަ ދުވަހަށް ކުރިއަށް ގެންދިޔަ ނެޝަނަލް ޕެޓްރޯލް ކޭމްޕުގެ ތެރެއިން، ދިވެހިރާއްޖޭގައި 5 މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢަށް އެއްބާރުލުން ދިނުމުގެ ގޮތުން، ގަސް އިންދުމުގެ ޚާއްޞަ ޙަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ޙަރަކާތުގައި ޖުމުލަ 500 ގަސް އިންދިފައިވާ ކަމަށް ސްކައުޓް އެސޯސިއޭޝަނުން ހާމަކުރެއެވެ.

މި ގަސް އިންދުމުގެ ޙަރަކާތަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ކުރިއަށް ގެންދަވާ “5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު”އަށް ދިވެހި ސްކައުޓުންގެ ފަރާތުން ދެވުނު މުހިންމު އެއްބާރުލުމެކެވެ. ކުޑަގިރީގައި ބޭއްވި މި ކޭމްޕުގައި، ރާއްޖޭގެ އެކި އަތޮޅުތަކުގެ އެކި ރަށްރަށުން ގިނަ ޢަދަދެއްގެ މަދަރުސާތަކުގެ ސްކައުޓުންނާއި، ސްކައުޓް ލީޑަރުން ބައިވެރިވެ، ގަސް އިންދުމުގެ ޢަމަލީ މަސައްކަތުގައި ޙަރަކާތްތެރިވެފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި މަސައްކަތުގެ ސަބަބުން، ދިވެހިރާއްޖޭގެ ތިމާވެށި ރައްކައުތެރިކުރުމަށާއި، ގަސްގަހާގެހި ގިނަކުރުމަށް ސްކައުޓުންގެ ފަރާތުން ދޭ އަހަންމިއްޔަތު ވަނީ ހާމަވެފައެވެ. ސްކައުޓް އެސޯސިއޭޝަނުން ބުނެފައިވަނީ، ކުރިމަގުގައި ވެސް މި ފަދަ ތިމާވެށްޓާ ބެހޭ ޙަރަކާތްތަކުގައި ބައިވެރިވެ، ދިވެހިރާއްޖޭގެ ތިމާވެށި ރައްކައުތެރިކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ. މި ކަމުގެ ސަބަބުން ޒުވާނުންގެ މެދުގައި ތިމާވެށްޓަށް އޮތް ލޯބި އިތުރުވެ، ދިރިއުޅުމުގެ ރަނގަޅު ޢާދަތައް އަށަގަތުމަށް ބާރުއަޅާނެކަން ވެސް އެ އެސޯސިއޭޝަނުން ފާހަގަކޮށްފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ