ހަނިމާދޫ ކައުންސިލުން ކުރިޔަށްގެންދާ ” ޖަވާހިރުލް ޤުރުއާން މުބާރާތް 1447″ ގެ ކިޔެވުން ހުކުރު ދުވަހު ހެނދުނު ފަށައިފި އެވެ.
މި މުބާރާތުގެ ކިޔެވުން މާދަމާ ހެދުނުގެ ނިޔަލަށް ހަނިމާދޫ އިޖުތިމާއީ މަރުކަޒުހޯލުގައި ކުރިއަށް ދާނެއެވެ. އަދި މުބާރާތުގެ ކިޔެވުން ހަނިމާދޫ ކައުންސިލް ފޭސްބުކް ޕޭޖުން ވަގުތުން ދައްކަމުން ދާނެއެވެ.
ކީ ސްޓޭޖްތަކަށް ބަހާލައިގެން ކުރިޔަށް ގެންދާ މި މުބާރަތުގައި 88 ދަރިވަރުން ވަނީ ބައިވެރި ވެފައެވެ. އެގޮތުން ފައުންޑޭޝަން ސްޓޭޖުން ބަލައިގެން ކިޔެވުމުގެ ގޮފިން 3 ދަރިވަރުން ބައިވެރި ވެފައިވާއިރު 6 ދަރިވަރުން ވަނީ ނުބަލައި ކިޔެވުމުގެ ގޮފީގައި ބައިވެރިވެފައެވެ. ކީ ސްޓޭޖު 1 ން 7 ދަރިވަރުން ހިތުން ކިޔަވާއިރު ބަލައިގެން 11 ދަރިވަރުން ކިޔަވައެވެ. ކީ ސްޓޭޖް 2 ބަލައިގެން 25 ދަރިވަރުން ކިޔަވާއިރު ނުބަލާ ކިޔަވަނީ 1 ދަރިވަރެވެ. ކި ސްޓޭޖް 3 ން 20 ދަރިވަރުން ބަލައިގެން ކިޔަވާއިރު ކީ ސްޓޭޖް 4 ން 9 ދަރިވަރުން ބަލައިގެން ކިޔަވާނެއެވެ. އަދި ސްޓޭޖް 5 ން 6 ދަރިވަރުން ބަލައިގެން ކިޔަވާނެއެވެ.
މި މުބާރާތުގައި ވަނަތައް ހޮވަނީ ކޮންމެ ކީސްޓޭޖަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ އަދި ކޮންމެ ގޮތްޕަކުން 1 ވަނަ، 2 ވަނަ، 3 ވަނަ އެވެ.
މިމުބާރާތުގެ ވަނަތަކަށް ހޮވޭ ދަރިވަރުންނަށް ވަނީ ފައިސާގެ އިނާމު ކަނޑައަޅާފައެވެ. އެގޮތުންްް ކީސްޓޭޖް ތަކުން އެއްވަނައަށް ހޮވޭ ދަރިވަރަކަށް 2000 ރުފިޔާ ލިބޭއިރު، 2 ވަނައަށް 1500 ވަނީ ހަމަޖައްސާފައެވެ. އަދި 3 ވަނައަށް ހޮވޭ ދަރިވަރަކަށް 1000 ރުފިޔާ ދޭން ވަނީ ހަމަޖައްސާފައެވެ. އަދި މުބާރާތުގެ ގޮފިތަކުން އެެއް ވަނައަށް 5000 ރުފިޔާ ދޭއިރު ދެވަނައަށް 2500 ރުފިޔާ ދޭން ވަނީ ހަޖެހިފައެވެ. އަދި 3 ވަނައަށް ހޮވޭ ދަރިވަރަކަށް 1500 ރުފިޔާ ދެވިގެންދާނެއެވެ
މިފަހަރުގެ މުބާރާތް ހޯސްޓް ކުރުމާށް 149،900/-ރ (އެއްލައްކަ ސާޅިސް ނުވަހާސް ނުވަސަތޭކަ ރުފިޔާ) ށް ހަވާލު ކޮފައިވަނީ ‘ޑްރާފްޓް އެންޑް ކްރާފްޓް’ އެވެ.


