ޕީއެންސީން މިރޭ ބާއްވާ ބޮޑު ޖަލްސާގައި ބައިވެރިވުމަށް މާލެ އައި އަދި އަންނަމުންދާ ހުރިހާ އެންމެންނަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ޝުކުރު އަދާކުރައްވައިފިއެވެ.
އެ މެންބަރުންނަށް ނައިބު ރައީސް ޝުކުރު އަދާކުރެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ ރައީސް ޑރ. މުއުއްޒުއަށް އޮތް ލޯތްބާއި ކުރާ ތާއީދަަށް ޕާޓީ އިން ގޮވާލި ގޮވާލުމަށް މުޅި ރާއްޖެއިން މިރޭގެ ޖަލްސާއަށް އަންނަ ޕީއެންސީގެ ފަހުލަވާނުންނަށް ހިފެހެއްޓުމެއް ނެތް ޝުކުރު ދަންނަވާ ކަމަށެވެ.
ޕީއެންސީގެ ބޮޑު ޖަލްސާ މިރޭ އާޓިފިޝަލް ބީޗުގައި އޮންނާނެއެވެ. އެ ޖަލްސާގައި ރައީސް ޑރ. މުއިއްޒު ބައިވެރިވެވަޑައިގަންނަވައެވެ. ޖަލްސާގައި ހަމައެކަނި ވާހަކަފުޅުދައްކަވާ ގޮތަށް ވެސް ހަމަޖެހިފައި އޮތީ ރައީސް ޑރ. މުއިއްޒެވެ.
މިއީ ޕީއެންސީން މިހާތަނަށް ބާއްވާ އެންމެ ބޮޑު ޖަލްސާއެވެ


