ބޮޑުފޮޅުދޫ “ޝައިން ގޭޓް ޗުއްޓީ މާ މަޖާ” ފު ޓްސަލްގެ ފައިނަލަށް ރޭންޖާސް އަދި ދިވެހި ކުދިން

ކުޅިވަރު ފަހުގެ

އއ. ބޮޑުފޮޅުދޫ ކައުންސިލުން އިންތިޒާމު ކޮށްގެން އެ ރަށުގެ 13 އަހަރުން ދަށުގެ ކުދިނަށް އަމާޒުކޮށް 2019 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވާ “ޗުއްޓީ މާ މަޖާ” ފުޓުސަލް މުބާރާތުގެ ފައިނަލަށް ރޭންޖާސް އަދި ދިވެހި ކުދިން ދަތުރު ކޮށްފިއެވެ. މި އަހަރުގެ މުބާރާތް ކުރިއަށް ގެންދަނީ ޝައިން ގޭޓް ޗުއްޓީ މާ މަޖާ ގެ ނަމުގައެވެ.

މުޅި ޖުމުލަ 4 ޓީމު ވާދަކުރާ މި މުބާރާތް ކުޅެވިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލްގައި ކުޅޭ ގޮތަށެވެ.

އިޝްތިހާރު
އިޝްތިހާރު

ރޭންޖާސް މި މުބާރާތުގެ ފައިނަލަށް ދަތުރު ކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، 9 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އޮވެގެންނެވެ. ދިވެހި ކުދިން ޓީމު ފައިނަލަށް ދަތުރު ކުރީ ކުޅެވުނު ތިން މެޗުގެ ތެރެއިން އެއް މެޗުން ބަލިވެ 6 ޕޮއިންޓާއި އެކު ތާވަލުގެ ދެވަނައިގައި އޮވެގެންނެވެ.

މި މުބާރާތުގައި ވާދަކުރި ބެންޖާއީ ސިޓީ އޮތީ 03 ޕޮއިންޓާއި އެކު ތާވަލުގެ 3 ވަނައިގައެވެ. އެފް.ޓީ ލީތަލް އެއްވެސް މެޗަކުން މޮޅުނުވެ ސުން ޕޮއިންޓާ އެކު އޮތީ 4 ވަނައިގައެވެ.

މި މިބާރާތުގެ ފައިނަލް މާދަމާ ހަވީރު 16:00 ކުޅެން މިހާރު ވަނީ ތާވަލު ކޮށްފައެވެ. މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ޝައިން ގޭޓެވެ.

ޝައިން ގޭޓް ޗުއްޓީ މާ މަޖާގެ މެޗުތަކުގެ ނަތީޖާ

  1. ބެންޒާއީ ސިޓީ 01 ރެއިންޖާސް 02
  2. ދިވެހި ކުދިން 05 އެފްޓީ ލީތަލް 00
  3. ބެންޒާއީ ސިޓީ 01 އެފް.ޓީ ލީތަލް 00
  4. ދިވެހި ކުދިން 02 ރޭންޖާސް 05
  5. ރޭންޖާސް 05 އެފް.ޓީ ލީތަލް 1
  6. ދިވެހި ކުދިން 5 ބެންޖާއީ ސިޓީ 0

ފޮޓޯ : ބޮޑުފޮޅުދޫ ކައުންސިލް

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ