މުރައިދޫ ވުމެންސް ފުޓްސަލް ޓީމާއި ކުޅުދުއްފުށި ޔުނިކް ފްރެންޑްސް އާ ދެމެދު އެކުވެރިކަމުގެ މެޗެއް ކުޅެފި

ކުޅިވަރު ފަހުގެ

ހއ.މުރައިދޫ ވުމެންސް ފުޓްސަލް ޓީމުން ކުޅުދުއްފުށި ޔުނިކް ފްރެންޑްސް ޓީމާއެކު އެކުވެރިކަމުގެ މެޗެއް ކުޅެފިއެވެ.

މިއަދު ހަވީރު މުރައިދޫ ފުޓްސަލް ދަނޑުގައި ކުޅެވުނު އެކުވެރި ކަމުގެ މިމެޗު ހިތްގައިމު ނަލަ ކުޅުމެއް ފެނިފައިވެއެވެ. މި މެޗު 3-2 ން ކާމިޔާބުކުރީ މުރައިދޫ ވުމެންސް ފުޓްސަލް ޓީމެވެ. މިއީ މިފަދަ ގޮތަކަށް މުރައިދޫ ވުމެންސް ފުޓްސަލް ޓީމު ކުޅުނު ފުރަތަމަ މެޗުކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

އިޝްތިހާރު
އިޝްތިހާރު

މުރައިދޫ ވުމެންސް ފުޓްސަލް ޓީމު އުފެދިގެން އައިސްފައިވަނީ ނިމިދިޔަ ޑިސެމްބަރ މަހުގައި ނިޔާ އެކަޑަމީން ކުރިޔަށް ގެންދިޔަ “ސައުތުލިންކް ނިޔާ އެކަޑަމީ ވުމެންސް ޕޭރެންޓްސް ފުޓްސަލް ޓޯނަމަންޓް” އަށްފަހުއެވެ. އެކަޑަމީގެ އަމާޒަކީ ގައުމީ ފެންވަރުގައި ކުޅެވޭ ފަދަ ވަރުގަދަ އަންހެން ފުޓުސަލް ޓީމެއް ބިނާކުރުމެވެ.

ނިޔާ އެކަޑަމީ އަކީ އަޙްމަދު ނިޔާޒު މޫސާ (ނިޔާ) ގެ އިސްނެގުމުގެ މަތިން 02 ޑިސެމްބަރ 2019 ގައި ފެށި މުރައިދޫގައި ހަރަކާތްތެރިވާ އެކަޑަމީއެކެވެ. މި އެކަޑަމީގައި މިހާރުވެސް 117 ކުދިން ދަނީ ތަމްރީނު ހޯދަމުންނެވެ. އެ ކުދިންގެ ތެރެއިން 48 އިންސައްތައަކީ އަންހެން ކުދިންނެވެ. މި އެކަޑަމީގައި ޖުމްލަ ހަތް ކޯޗުން މަސައްކަތް ކުރަމުންދެއެވެ. އެއީ ފިރިހެން ހަތަރު ކޯޗުންގެ އިތުރުން އަންހެން ތިން ކޯޗުންނެވެ.

ފޮޓޯ : ނިޔާ އެކަޑަމީ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ