އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އަންނަ ހަފްތާގައި އާއްމުކުރާނެ: އީސީ

ޚަބަރު ފަހުގެ

ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026 ގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އަންނަ ހަފްތާގައި އާއްމުކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އަންނަ އޭޕްރިލްމަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ޓައިލް ލައިން އިލެކްޝަންސް ކޮމިޝަނުން ވަނީ އާއްމުކޮށްފައެވެ. އެ ޓައިމް ލައިންގައިވާ ގޮތުން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އާއްމުކުރާނީ އަންނަ ހަފްތާގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެރިކަން ކުރާ ޕީއެންސީކަމަށް އީސީން އިއްޔެ ވަނީ ބުނެފައެވެ. ދެން އެންމެ ގިނައީ އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި 6 ސިޔާސީ ޕާޓީއަކުން 1210 ކެންޑިޑޭޓުން ވާދަކުރާކާކަމަށް އީސީން ބުނެއެވެ. އަދި އަމިއްލަ ގޮތުން 401 ކެންޑިޑޭޓުން ވާދަކުރާކަމަށް އީސީން ބުނެއެވެ.

އިންތިހާބުގެ ޓައިމް ލައިން 

  • ކެންޑިޑޭޓުންގެ މަންދޫބުންނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން / ފެބްރުއަރީ 3ވަނަ ހަފްތާގައި
  • ރީ ރަޖިސްޓްރީވި ފޮށީގެ މައުލޫމާތު އާއްމުކޮށް ޝަކުވާ ހުޅުވާލުން / ފެބްރުއަރީ ފަހު ހަފްތާގައި
  • ފައިނަލް ވޯޓާސް ލިސްޓް އާއްމުކުރުން  / މާރިޗުމަހުގެ ފުރަތަމަ ހަފްތާގައި
  • ވޯޓާސް ލިސްޓުގައި މަންދޫބުން ސޮއިކުރުން / މާރިޗުމަހުގެ 2ވަނަ ހަފްތާ
  • ވޯޓްލުން / 4 އޭޕްރިލް
  • ވަގުތީ ނަތީޖާ އިއުލާންކުރުން / 9 އޭޕްރިލް
  • ރަސްމީ ނަތީޖާ އިއުލާންކުރުން / 11 އޭޕްރިލް

 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ