މިއަހަރުގެ ޖެނުވަރީ މަހުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ހާއްސަ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފިއެވެ.
މި ނަސީބުވެރިން ހޮވުމަށް ބޭއްވި ގުރުއަތުލުން ކުރިއަށް ގޮސްފައިވަނީ ރޭ އެ ގަރާޖުގައި ބޭއްވި ހާއްސަ ހަފުލާއެއްގައެވެ.
މި ޕްރޮމޯޝަންގެ ގުރުއަތު ނަގައިދެއްވީ ގަރާޖުގެ ވެރިޔާ އިބްރާހިމް އަލީގެ ބައްޕަ، އަލީ ޔޫސުފެވެ. މިއީ އެ ގަރާޖުން މިފަދަ ޕްރޮމޯޝަނެއް ކުރިއަށް ގެންދިޔަ ދެވަނަ ފަހަރެވެ.
މި ފަހަރުގެ ޕްރޮމޯޝަންގައި އެއްވަނަ އިނާމަކަށް ހުށަހަޅާފައިވާ އެޔާކޯން ލިބިފައިވަނީ ބީޗްހައުސް، އިބްރާހިމް އަޙުމަދަށެވެ. އަދި ދެވަނަ އިނާމަކަށް ހުށަހަޅާފައިވާ ރައިސް ކުކަރު ލިބިފައިވަނީ އަތަމާވިލާ، މުޙައްމަދު މޫސާއަށެވެ.
ގަރާޖުގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، ކަސްޓަމަރުންގެ ފަރާތުން ލިބޭ ތަރުޙީބަށް ބަލައި، ކުރިއަށް އޮތް އަހަރުވެސް މިފަދަ ޕްރޮމޯޝަނެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.


