ސަޢުދީން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް 15 ޓަނުގެ ކަދުރު ހަދިޔާކޮށްފި

ޚަބަރު

ސައުދީ އަރަބިއްޔާގެ ސަރުކާރުން ކޮންމެ ރަމަޟާންމަހަކު ކުރިއަށްގެންދާ ކަދުރު ހަދިޔާކުރުމުގެ ހަރަކާތުގެ ތެރެއިން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް 15 ޓަނުގެ ކަދުރު ހަދިޔާކޮށްފިއެވެ.

މިކަމައްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ކަދުރު މިނިސްޓްރީއާ ހަވާލުކޮށްދެއްވީ ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލް ގަހްތާނީއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިވަގުތު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ކަދުރު ހަދިޔާ ކުރެއްވިނަމަވެސް އާންމު ފަރާތްތަކަށް ބެހުމަށް ސައުދީން 50 ޓަނުގެ ކަދުރު ހަދީޔާކުރުމަށް ވަނީ ނިންމަވާފައެވެ. އަދި އެ ކަދުރު ޝިޕްމަންޓް މިވަގުތުވަނީ ރާއްޖެ އައުމުގެ މަގުމަތީގައެވެ. އެއާއެކު މާލޭޣެ އިތުރުން ރަށްރަށުގައި ކަދުރު ބެހުމުގެ މަސައްކަތް ބާރު ސްޕީޑުގައި ފެށިގެންދާނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވަނީ ސައުދީ ސަރުކާރުން ރާއްޖެއަށް ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. ވަޒީރު ވިދާޅުވީ ކޮންމެ އަހަރަކުވެސް ރާއްޖެއަށް ސައުދީން ހަދިޔާކުރާ ކުރުމުން ރާއްޖެއާއި ސައުދީއާ ދެމެދު އުފެދިފައިވާ ގާތް ގުޅޫން ހާމަވެގެންދާކަމަށެވެ.

ކަދުރު ހަދިޠާ ކުރެއްވުމަށް ފަހު ސައުދީ ސަފީރު ޔަހްޔާ ހަސަން އަލް ގަހްތާނީ ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަކީ ސައުދީ ސަރުކާރަށް ވަރަށް މުހިންމު ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ސައުދީ އަރަބިއްޔާއިން އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ކޮންމެ ރޯދަމަހަކާ ދިމާކޮށް ސައުދީ ސަރުކާރުން އަންނަނީ ރާއްޖެއަށް ކަދުރު ހަދިޔާކުރަމުންނެވެ. އެގޮތުން ނިމިދިޔަ އަހަރުވެސް އެ ގައުމުން ވަނީ ރާއްޖެއަށް ޖުމްލަ 60 ޓަނުގެ ކަދުރު ހަދިޔާކޮށްފައެވެ.

ކަދުރު ހަދިޔާކުރުމުގެ އިތުރުން ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ފަރާތްޕުޅުން ދެއްވާ ރޯދަވީއްލުމުގެ ޕްރޮގްރާމް ރާއްޖޭގައި މިއަހަރު ވަނީ ފަށާފައެވެ

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ