އެމެރިކާ ބަލިނުކުރެވޭނޭ ކަމަށް ބުނެ ފަތުރަނީ ދޮގު، ވިއެޓްނާމް، އަފްޣާނިސްތާނުގައި ވީކިހިނެއް؟: ބްރިގޭޑިއަރ ޖެނެރަލް އާމިރު ހާތަމީ

ޚަބަރު ފަހުގެ ދުނިޔެ

ހަނގުރާމައިގައި އެމެރިކާ ބަލި ނުކުރެވޭނޭ ކަމަށް ހީކުރުމަކީ ވަރަށް ބޮޑު ކުށްހީއެއް ކަމަށާއި، އެމެރިކާ ބަލި ނުކުރެވޭނޭ ކަމަށް ބުނުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށް، އީރާނު އަސްކަރިއްޔާގެ ކޮމާންޑަރ އިން ޗީފް ބްރިގޭޑިއަރ ޖެނެރަލް އާމިރު ހާތަމީ ވިދާޅުވެއްޖެއެވެ.

އީރާނު އަސްކަރިއްޔާގެ އިސް ވެރިންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ބްރިގޭޑިއަރ ޖެނެރަލް އާމިރު ހާތަމީ ވިދާޅުވީ، އެމެރިކާ ވަރަށް ބާރުގަދަ ކަމަށާއި، އެމެރިކާގެ ކުރިމަތީގައި އީރާނަކީ ވަރަށް ބަލިކަށި ނިކަމެތި ބައެއްގެ ގޮތުގައި ދުޝްމަނުން ވާހަކަތައް ފަތުރަމުން ގެންދާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެހެން ނަމަވެސް، ހަނގުރާމަ ކޮށްގެން އެމެރިކާއަށް އީރާނު ބަލިކުރުމަކީ ފަސޭހަ ކަމަކަށް ނުވާނޭ ކަމަށާއި، އަދި އެއީ ވާނޭކަމެއްވެސް ނޫން ކަމަށް ބްރިގޭޑިއަރ ޖެނެރަލް އާމިރު ހާތަމީ ވިދާޅުވިއެވެ.

އީރާނުގެ ކޮމާންޑަރ އިން ޗީފް ބްރިގޭޑިއަރ ޖެނެރަލް އާމިރު ހާތަމީ ވިދާޅުވީ، އީރާނަށް ލިބިފައިވާ ހުރިހާ ބާރެއްގެ ބޭނުންކޮށްގެން އަދި ވަރުގަދަ އަޒުމުގައި އީރާނު ސިފައިން އީރާނު ދިފާއު ކުރާނޭ ކަމަށެވެ. އީރާނަށް އެމެރިކާ ބަލި ނުކުރެވޭނޭ ކަމަށް ބުނެ ދައްކަނީ ހަގީގަތާ ޚިލާފް ވާހަކަތަކެއް ކަމަށްވެސް ވިދާޅުވިއެވެ. އީރާނަކީ ބަލިކަށި ބައެއް ކަމަށް ހީކުރުމަކީ ވަރަށް ބޮޑު ކުށްހީއެއް ކަމަށްވެސް ވިދާޅުވިއެވެ.

ދުނިޔޭގެ އެންމެ ބާރުގަދަ ކަމަށް ބުނާ އެމެރިކާ ސިފައިން ވިއެޓްނާމަށާއި، އަދި އަފްޣާނިސްތާނަށް އަރައިގަނެ އެތައް އަހަރެއް ވަންދެން ހަނގުރާމަ ކުރި ކަމަށާއި، އެހެން ނަމަވެސް އެގައުމުކުން އެމެރިކާ ސިފައިން މަޖުބޫރުން ފައިބައިގެން ދާންޖެހުނީ ނިކަމެތިވެގެންވާ ހާލުގައިކަން ބްރިގޭޑިއަރ ޖެނެރަލް އާމިރު ހާތަމީ ފާހަގަ ކުރެއްވިއެވެ.

އަދި އިރާގުގައިވެސް އެމެރިކާ ކުރިމަތިލާން ޖެހުނީ ހަމަ އެފަދަ ނާކާމިޔާބީއާ ކަމަށް ވިދާޅުވިއެވެ.

ބްރިގޭޑިއަރ ޖެނެރަލް އާމިރު ހާތަމީ ވިދާޅުވީ، އީރާނުގެ މިނިވަން ކަމަށް ނުރައްކާކުރަން ދިމާކުރާ ކޮންމެ ބަޔަކާ އީރާނު ކުރިމަތިލާނީ ފުރިހަމަ ބާރާއެކުގައި ކަމަށާއި، އީރާނު މިހާރު އޮތީ ބަދަހިކޮށް އަދި ފުރިހަމަ ތައްޔާރީގައި ކަމަށެވެ.

ބަޔަކު ދައްކާ ބިރަކަށް އީރާނު ފަހަތަށް ނުޖެހޭނޭ ކަމަށްވެސް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ