ކެމްޕެއިނުގެ ބޭނުމުގައި ރައްޔިތުން ގާތަށް ދާން ގަސްދެއް ނުކުރަން: ރައީސް

ފަހުގެ ސިޔާސީ

ކެމްޕެއިނުގެ ބޭނުމުގައި ރައްޔިތުން ގާތަށް ދާން ގަސްދުނުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީން ރޭ ބޭއްވި ތަރާވީހުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއި އަމާނާތްތެރިކަމާއެކު ގައުމު ފޯރުކޮށްދިނުމަކީ އެމަނިކުފާނު ޒިންމާއެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެގޮތުން އިސްލާހުކުރަންޖެހޭ ކަންކަން އިސްލާހުކުރުމަކީވެސް އެމަނިކުފާނުގެ ޒިންމާއެއް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ބޮޑެތި ނިންމުންތައް ނިންމަމުން އަންނަނީ ރައްޔިތުންގެ ސިއްހީ ދުޅެހެޔޮކަން ޔަގީންކުރުމަށާއި، ރައްޔިތުންގެ ތަރައްގީ ޔަގީން ކުރުމަށާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލު ހިމާޔަތްކުރުމަށް ކަމަށެވެ.

ރައީސް ވިދާޅުވަނީ އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަނީ ގައުމީ ވިސްނުންފުޅުގައި ކަމަށާއި، ތެދުވެރިކަމާއެކު ރައްޔިތުންނަށް ހިދުމަތްކުރުއްވުމަށްޓަކައި ކަމަށެވެ. އަދި އިންތިހާބަކާއި ދިމާކޮށް ރައްޔިތުންގެ ގާތަށް ދިއުމަކީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

”ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު، އަލުގަނޑު ގަސްދެއް ނުކުރަން ރަށްރަށަށް ދާކަށެއް. އަޅުގަނޑު ގަސްދެއް ނުކުރަން. އެހެންނެއް ނޫން، ސަރުކާރުން ހިންގާ ވަރަށް ބޮޑު މަޝްރޫއެއް ނިންމި އެ މަޝްރޫއުގެ ނިންމުން ފާހަގަކުރުމަށް ރައްޔިތުން އެދިވަޑައިގެންފިއްޔާ އެރަކަށް އަޅުގަނޑު ނުދާނެ ވާހަކައެއް ނޫން.. އެހެންނެއް ނޫން.. ކެމްޕެއިންގެ ބޭނުމުގައި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އަޅުގަނޑު އެއްވެސް ރަށަކަށް ދާކަށް ގަސްދެއް ނުކުރަން.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ މީގެ ކުރިން ރާއްޖޭގައި ކަންކަން ހިނގި ގޮތެއް ނޫން ކަމަށެވެ. އެގޮތުން މީގެ ކުރިން އިންތިހާބުތަކާއި ދިމާކޮށް ވެރިން ތަންތަނަށް ދާން ދަތުރު ހައްދަވައިގެން ތިއްބަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުންނާ ވީ އެންމެ އަވަހަކަށްވެސް ބައްދަލުކުރައްވާ ރައްޔިތުންގެ ހިޔާލާއި އެކި މަޝްރޫއުތަކުގައި ރައްޔިތުން ބޭނުންވާ ތަރައްގީއާއި ގުޅޭ މައުލޫމާތު ހޯއްދެވުމަށް ކަމަށެވެ.

އެމަނިކުފާނުގެ ވެރިކަމަށް މިވީ ދެ އަހަރު ތެރޭގައިވެސް ވަނީ ރަށްރަށަށް ވަޑައިގެން ރައްޔިތުންނާ ސީދާ ބައްދަލުކުރައްވާ މަޝްވަރާތައް ކުރައްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ