4 ޤައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރަން ފާސްކޮށްފި

ޚަބަރު ފަހުގެ

ދިވެހިރާއްޖޭން 4 ޤައުމަކަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ޤާނޫނުގެ ދަށުން ބޭރު ޤައުމުތަކަށް ސަފީރުން އައްޔަންކުރެއްވޭނީ ރައްޔިތުންގެ މަޖިލީހުން ރުހުން ލިބިގެންނެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާވަނީ ސަރބިއާއަށާއި މޯލްޓާއަށާއި އޮމާން އަދި އަރުމީނިއާއަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރެއްވުމަށް މަޖިލީހަށް ފޮނުއްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރައީސުލްޖުމްހޫރިއްޔާ ސަރބިއާ އާއި މޯލްޓާއަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރަކަށް އައްޔަން ކުރެއްވުމަށް ފޮނުއްވާފައިވަނީ އާމިނަތު ޝަބީނާގެ ނަންފުޅެވެ. ޝަބީނާއަކީ މީގެ ކުރިން ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމު އަދާކުރައްވާފައިވާ ޚާރިޖިއްޔާގައި ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ.

ދިވެހިރާއްޖޭން އޮމާނަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރަކަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވަނީ ރާއްޖޭން ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު ސަރީރެވެ.

މީގެ އިތުރުން އަރުމީނިއާއަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރުގެ ގޮތުގައި އެކުވެރި ޢަރަބި އިމާރާތަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ހުސައިން ޝަރީފްގެ ނަން ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.

ރާއްޖޭން މި ހަތަރު ޤައުމަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރަން ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ