ހޯދަން އިއުލާނުކޮށްފައި ވަނީ އުމުރުން 30 އަހަރުގެ އެމްޑީ މިރާޒް ކިޔާ މީހަކާއި އުމުރުން 35 އަހަރުގެ އެމްޑީ އަބްދުލް ރަޙަމާން ކިޔާ މީހެކެވެ. މިއީ ބަންގްލަދޭޝަށް ނިސްބަތްވާ ދެ ބިދޭސީންނެވެ.
މި ދެމީހުންގެ ތެރެއިން އެމްޑީ މިރާޒް ހޯދަން އިމިގްރޭޝަނުން ވަނީ
ނިމިދިޔަ ޖަނަވަރީ މަހުގެ 13 ވަނަ ދުވަހު ވެސް އިއުލާނުކޮށްފައެވެ.
އެ ދެ މީހުން ހޯދަން އިއުލާނުކޮށްފައިވަނީ ކޮން ސަބަބަކާ ހުރެ ކަމެއް އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.
އިމްގްރޭޝަނުން ވަނީ އެ ދެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ އިމިގްރޭޝަންގެ ނަމްބަރު 7980408އަށް ގުޅަން ނުވަތަ ecdadmin@immigration.gov.mv އަށް މެއިލްކޮށް މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.
ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ބިދޭސީން ހިއްސާކުރާއިރު، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ގަވައިދަށް ފެއްތުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ސަރުކާރުގެ އަމާޒަކީ، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ދައުރުގެ ފުރަތަމަ ތިން އަހަރު ތެރޭ ހައްލުކުރުމެވެ.


