ކެތިއަރާ މަސްރޭސް 2026 ކާމިޔާބު ކަމާއިއެކު ނިންމާލާއިފި

ހަނިމާދޫ ފަހުގެ

2015 ވަނަ އަހަރުން ފެށިގެން ހަނިމާދޫގައި ހަރަކާތްތެރިވަމުންދާ ކެތިއަރާ ޖަމުޢިއްޔާއިން ބާއްވަމުންދާ “ކެތިއަރާ މަސްރޭސް” ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. މިއަހަރުވެސް މަސްރޭސް ކުރިއަށް ގެންގޮސްފައިވަނީ ދެޖިންސަށް ބަހާލައިގެންނެވެ.

ފިިރިހެންވެރިންގެ މަސްރޭސް ކުރިއަށް ގެންގޮސްފައިވަނީ ފިތުރުއީދު ދުވަހު އެވެ. އެމުބާރާތުގެ ފަހުރުވެރި އެއްވަނަ ހޯދާފައިވަނީ މާކުންބެ އެވެ. އެޓީމުން ވަނީ 100.90 ކިލޯ މަސް ބައިނައިފައެވެ. ދެވަނަ ހޯދީ 65.65 ކިލޯގެ މަސްބޭނި، ދުންބޯޓީމެވެ. 56.15 ކިލޯ އާއިއެކު ތިންވަނަ އަށް ދިއައީ “ގިނި 1” ކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މުބާރާތުގެ އެންމެ ބޮޑު މަސް ބައިނައިގެން މާ ކެޔޮޅަކަށްހޮވުނީ މާކެޔޮޅު ޓީމުގެ އަހުމަދު ބޫލާގު އެވެ. އޭނާ ބޭނި މަހުގެ ބަރުދަނުގައި 6.10ކިލޯ ހުއްޓެވެ. އެންމެ ގިނަމަސް ބޭނީ މެދު ފަޅު ޓީމުންނެވެ. އެޓީމުން ބާނާފައިވަނީ 85 މަހެވެ.

ކަނބަލުންގެ މަސްރޭސް ކުރިއަށް ގެންގޮސްފައިވަނީ ވަޅު ޢީދުދުވަހުއެވެ. މިމުބާރާތު އެއްވަނަ 97.25 ކިލޯ ބައިނައިގެން ހޯދީ ގާހަކަ އެވެ. ގާހަކަ ވަނީ އެންމެ ގިނަމަސް ބޭނި ޓީމުގެ މަގާމުވެސް ހޯދައިފައެވެ. އެޓީމުން ވަނީ މުޅި ޖުމުލަ 78 މަސް ބައިނައިފައެވެ. ދެވަނަ ހޯދީ ޓީމް ބަރި އެވެ. އެޓީމުން ވަނީ 62.25 ކިލޯ މަސް ބައިނައިފައެވެ. 48.65 ކިލޯ މަސް ބައިނައިގެން ތިންވަނަ ހޯދީ ބުޅިކެނޑޭ އެވެ.

މި މުބާރާތުގެ މާކެޔޮޅަކަށް ހޮވުނީ އާމިނަތު ރިފާހަތު އެވެ. އޭނާބޭނި މަހުގައި 6.80 ކިލޯހުއްޓެވެ.

މި މުބާރާތް ނިންމާ، ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ފައިސާގެ އިނާމުވަނީ ހަވާލުކޮށްފައެވެ. އެއްވަނަ ޓީމަށް 5000 ރުފިޔާ ވަނީ ދީފައިވެއެވެ. ދެވަނަ ޓީމަށް 2500 ރުފިޔާ އަދި ތިންވަނަ ޓީމަށް 1500 ރުފިޔާ ދީފައިވެއެވެ. މާ ކެޔޮޅަށާއި އެންމެ ގިނަމަސް ބޭނި ޓީމަށް ވަނީ 500 ރުފިޔާދީފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ