އަމާޒަކީ 5 އަހަރުން 3 އޮއިލް ރިޒާވް ގާއިމު ކުރުން: ރައީސް

ޚަބަރު ފަހުގެ

ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 5 އަހަރު ތެރޭ ރާއްޖޭގެ ތިން ސަރަހައްދެއްގައި ތެލުގެ ރިޒާވެއް ގާއިމުކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) ފަދައިން ރާއްޖޭގައި ތެލުގެ ރިޒާވެއް އޮތުމަކީ ގައުމީ ރައްކާތެރިކަމަށްޓަކައި ނުހަނު މުހިންމު ކަމެއް ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ބިޔަ މަޝްރޫ ކުރިއަށްގެންދިއުމަށް ރޭވިފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންކަމަށް ރައީސް ވިދާޅުވި އެވެ. ކޮންމެ ފިޔަވައްސަކަށް ގާތްގަނޑަކަށް 150 މިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކުރަން ޖެހޭނެކަމަށް އަންދާޒާކުރެވޭއިރު، މުޅި މަޝްރޫ ގާތްގަނޑަކަށް ފަސް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، ކޮންމެ ފިޔަވައްސެއް ނިންމުމަށް ގާތްގަނޑަކަށް ދޮޅު އަހަރު ދުވަސް ހޭދަވާނެ އެވެ. މިކަމަށް ބޭނުންވާ ފަންނީ ދިރާސާތައް މިހާރު ފަށާފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖެއަކީ ހަކަތަ ހޯދުމަށް މުޅިންހެން ތެލަށް ބަރޯސާވެފައިވާ ގައުމަކަށް ވުމުން، ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކުގެ އަސަރު ރާއްޖޭގެ އިގްތިސޯދަށް ވަރަށް އަވަހަށް ކުރެ އެވެ. މިފަދަ ރިޒާވެއް ގާއިމުކުރުމުން، ބޭރުގެ ހަމަނުޖެހުންތަކުގެ ސަބަބުން ތެލުގެ އަގު އުފުލިގެންދާ ދަނޑިވަޅުތަކުގައި ރާއްޖޭގެ ބާޒާރުގައި އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މި މަސައްކަތް ކުރިއަށްގެންދާނީ ތިމާވެއްޓަށް ކުރާނެ އަސަރުތަކާއި، މިކަމުން ލިބޭނެ ފައިދާއާއި ގެއްލުން ރަނގަޅަށް ވަޒަންކުރުމަށްފަހު އެންމެ ދެމެހެއްޓެނިވި ގޮތެއްގަ އެވެ

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ