އެމެރިކާގެ ޓެކްސަސްގައި ހުންނަ ތެޔޮ ސާފުކުރާ ވަރަށްބޮޑު ކާރުޚާނާއެއްގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ.
އަލިފާން ރޯވެ އަނދަމުންދަނީ ޓެކްސަސްގެ ޕޯޓް އާތަރގައި ހުންނަ ވަލޭރޯ އޮއިލް ރިފައިނަރީގައެވެ.
އަލިފާން ރޯވުމުގެކުރިން ބާރުގަދަ ގޮވުމެއްގެ އަޑު އިވުނު ކަމަށް، ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ބޯ ކަޅު ދުމާއެކު، އަލިފާން ވަރަށް މައްޗަށް އަރަމުންދާ މަންޒަރު ވީޑިއޯތަކުން ފެނެއެވެ.
އަލިފާން ނިއްވާ މީހުން ސަރަހައްދުގައި ހަރަކާތްތެރި ވިނަމަވެސް އަލިފާންގަނޑު ކޮންޓްރޯލުން ނެއްޓިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.
މީހުން ސަލާމަތްކުރާ ޓީމުތައްވެސް އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންދާއިރު، މިހާދިސާގައި މީކަމަށް ގެއްލުމެއް ލިބުނު ކަމެއް އަދި ސާފެއް ނުވެއެވެ.
އަލިފާން ރޯވެ އަނދަމުންދާ ތަނަކީ، އެމެރިކާގައި ހަދާފައިވާ ތެޔޮ ސާފުކުރާ އެންމެ ބޮޑެތި ކާރުޚާނާތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ.
ވަލޭރޯ އޮއިލް ރިފައިނަރީއަކީ ދުވާލަކު 335،000 ފީފާގެ ތެޔޮ އުފެއްދުމުގެ ގާބިލްކަން ލިބިފައިވާ ތަނެކެވެ.
އެތަނުގައި އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ.
މިހާދިސާއާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށްދިން 48 ގަޑިއިރުގެ މުހުލަތާ ބައެއް ފަރާތްތަކުން ގުޅުވައި ވާހަކަ ދައްކައެވެ.



