ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވައެއް ނުދިން

ޚަބަރު ފަހުގެ

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އާންމު ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވަންޖެހޭ ގާނޫނީ އަސާސެއް ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވައިދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ގާނޫނީ ވަކީލް އިބްރާހިމް ޝިޔާމާއި ގާނޫނީ ވަކީލް އައިކް އަހްމަދު އީސަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.

ހޮނިހިރު ދުވަހު ބާއްވާ ވޯޓަކީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވުމަށް ފެނޭތޯ ބެލުމަށް ރައްޔިތުން ކައިރީ އަހާ ވޯޓެކެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ވޯޓުގައި ރައްޔިތުން ކައިރީ އަހަން ނިންމާފައިވާ ސުވާލަކީ ގާނޫނުއަސާސީއާ ހިލާފް ސުވާލެއް ކަމަށް މައްސަލަ ހުށަހެޅި ފަރާތްތަކަށް ފެންނާތީ އެ ވޯޓު ހުއްޓުވައިދިނުމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ