ރާއްޖޭން ލިބެން ހުރި ބޭހުގެ މައުލޫމާތު ބެލޭނެ ގޮތް ހަދަނީ

ޚަބަރު ފަހުގެ

ރާއްޖޭން ލިބެން ހުރި ބޭސްތައް އޮންލައިންކޮށް ބެލޭނެ ނިޒާމެއް ގާއިމުކުރަމުން އަންނަ ކަމަށް ބޭސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ވިދާޅުވެއްޖެ އެވެ.

“ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް” ގެ ނަމުގައި ހެދި އެ ކުންފުނީގެ މަސައްކަތްތައް ފަށައިގަނެ، ބޭސް އެތެރެކުރަން ފެށުނީ އުފެއްދިތާ ހަ މަސް ފަހުން, މިދިޔަ މަހެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޕީއެސްއެމްއިން ގެނެސްދޭ ‘ރާއްޖެ މިއަދު’ ޕްރޮގްރާމުގައި ރޭ ޝާހު ވިދާޅުވީ، ބޭހަށް އެތައް ރުފިޔާއެއް ޚަރަދުކުރާއިރު، ބޭސް ނުލިބުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބެން ޖެހޭ ކަމަށެވެ.

މިގޮތުން، ރާއްޖޭގައި ހުރި ބޭހުގެ މައުލޫމާތުތައް ލިބޭނެ ޑިޖިޓަލް ސިސްޓަމެއް އޮންނަން ޖެހޭ ކަމަށް ގަބޫލުކުރާކަމަށާއި އެ ފަދަ ސިސްޓަމެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޝާހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ބޭހުގެ މައުލޫމާތުތައް އެނގޭނެ ސިސްޓަމެއް ހެދުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. އެފަދަ ނިޒާމެއް ތައާރަފުކުރުމުން، ބޭސް ހޯދުމުގައި މިހާރަށް ވުރެ ފަސޭހަވާނެއެވެ.

މީގެއިތުރުން، މިހާރު ބޭނުންކުރާ ބޭހުގެ ސިސްޓަމުން ރާއްޖޭން ލިބެން ހުރި ބޭހުގެ މައުލޫމާތުތައް ޑޮކްޓަރުންނަށް ވެސް ނުފެންނަކަން ޝާހު ފާހަގަކުރެއްވިއެވެ. އަދި މިހާރު އުފައްދާ ސިސްޓަމުން އެ މައްސަލައަށް ވެސް ހައްލެއް އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝާހު އެ ފަދައިން ވިދާޅުވިއިރު، ބޭސް ކުންފުނިން ވަނީ، ބޭސް ހޯދުން ފަސޭހަ ކުރުމަށްޓަކައި ޕޯޓަލަކާއި ހޮޓްލައިނެއް ވެސް ތައާރަފުކޮށްފައެވެ.

 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ