ހަނިމާދޫ އިންތިޚާބީ ކައުންސިލުން ރައްޔިތުންނަށް ވެފައިވާ ވައުދު ތަކަށް ނަޒަރެއް

ކޮލަމް ފަހުގެ

މިލިޔުމުގައި މި ބަލައިލަނީ ހަނިމާދޫ ކައުންސިލަށް އިންތިޚާބު ވެފައިވާ އެމްޑީޕީ ކައުންސިލަރުން އިންތިޚާބީ ދުވަސްވަރު ރައްޔިތުންނާއި ހަމައަށް ދޫކޮށްލާފައިވާ ވަޢުދު ނާމާއަށެވެ.

ޒުވާނުންނާއި ކުޅިވަރަށް ހާއްސަ އިސްކަމެއް ދިނުމުގެ ގޮތުން، ހަނިމާދޫގައި ހޭންޑްބޯލް، ބާސްކެޓްބޯޅަ އަދި ޒަމާނީ ފެންވަރުގެވޮލީ ކޯޓެއް ތަރައްގީ ކުރުމަށް ވަނީ ވަޢުދު ވެފައެވެ. މީގެ އިތުރުން ސްކޭޓް ޕާކްއިތުރަށް ތަރައްގީކޮށް، ޒުވާނުންނަށް ރޭސިންގް އޭރިއާއެއް ކަނޑައަޅައި، ހިތްފަސޭހަ ޕާކަކާއިއެކު ސިންތެޓިކް ދުވާ ޓްރެކެއް ގާއިމުކުރުމަށް ވެސް ވަނީ ވަޢުދުވެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހަަނިމާދޫ ސްކޫލްގެ ދަރިވަރުންނަށްޓަކައި ޓާފް ދަނޑެއް ތަރައްގީ ކުރުމަކީ ވެސް ކައުންސިލުގެ މުހިންމު ވަޢުދެކެވެ.

އިގުތިސާދީ ދާއިރާއިން ބަލާއިރު،ހަނިމާދޫ އަކީ ރިނިއުބަލް އެނާރޖީގެ ނަމޫނާ ރަށަކަށް ހެދުމަށްޓަކައި ކޮންމެ ގޭބިސީއެއްގައި 3 ކިލޯވޯޓްގެ ސޯލާ ހަރުކުރުމަށް ވަނީ ވައުދުވެފައެވެ. ދަނޑުވެރިކަން ކުރިއެރުވުމަށްއިތުރު ދަނޑުބިންތައް ދޫކޮށް، މަސްވެރިންނަށް ހާއްސަ ޕާކަކާއި ފުއްޓަރު ފަރާތުގައިޒަމާނީ ކަންނެލި ޖެޓީއެއް އެޅުމަށް ވަނީ ވަޢުދުވެފައެވެ. އަދި އޮޑިދޯނިފަހަރު އެހެލާ މަރާމާތު ކުރުމަށް ހާއްސަ ސަރަހައްދެއް ތަރައްގީ ކުރުމަށްވެސް ވަނީ ވަޢުދުވެފައެވެ.

ރަށުގެ ފަތުރުވެރިކަމާއި މުނިފޫހިފިލުވުމަށްއަމާޒުކޮށް، ހަނިމާދޫ ހިމަކޮޅުގައި ރިސޯޓެއް ތަރައްގީކޮށް، ފަޅުތެރޭގައި ޕިކްނިކް އައިލެންޑެއްތަރައްގީ ކުރުމަށް ވަނީ ވައުދުވެފައެވެ. ހަމައެހެންމެ، ވޯޓާ ޕާކަކާއިއެކު ޕަބްލިކް ޕޫލެއްގާއިމުކުރުމާއި، ރަށުގެ ވަށައިގެން ރިންގް ރޯޑެއް ތަރައްގީކޮށް މަގުތައް ފެހިކުރުމަށްވެސް ވަޢުދުވެފަވެއެވެ.

އިޖުތިމާއީ ގޮތުން ރައްޔިތުންނަށްހުރި ތަކުލީފުތައް ކުޑަކުރުމަށްޓަކައި، ރައްޔިތުން އެއްބަސްވާ ގޮތަށް ބޯހިޔާވަހިކަންކަށަވަރުކޮށްދިނުމާއި، އިސްރަށްވެހިންނަށް ހިތްފަސޭހަ މައިޒާނެއް ހެދުމާއި، އަންހެންވިޔަފާރިވެރިންނަށް ހާއްސަ ލޯކަލް މާރުކޭޓެއް ތަރައްގީ ކުރުމަށް ވަނީ ވަޢުދުވެފައެވެ.

ދީނީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައިކޮންމެ އަހަރަކު މަދަހަ އަދި ގުރުއާން މުބާރާތް ބޭއްވުމާއި، ދީނީ ޖަމިއްޔާތަކަށް އެހީތެރިކަންފޯރުކޮށްދިނުމަކީ ވެސް ކައުންސިލުގެ މުހިންމު ވައުދެކެވެ.

މިހުރިހާ މަޝްރޫއުތަކަކާއެކު ހަނިމާދޫއަކީ އަތޮޅުތެރޭގައި ފާހަގަކޮށްލެވޭ ތަރައްގީވެފައިވާ ނަމޫނާ ރަށަކަށް ހެދުމަކީ އިންތިޚާބީ ކައުންސިލުގެއެންމެ ބޮޑު އަމާޒެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ