ނިމިގެންދިޔަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތައް އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ބަލަން ނެގި ފެންނަ/ނުފެންނަ ވޯޓުގައި، ވޯޓު ގަތުމަށް އެމްޑީޕީން 60 މިލިއަން ރުފިޔާ ހޭދަކުރިކަމަށް ވިދާޅުވެ، އެފައިސާ ހޯދި ގޮތް އެ ޕާޓީއަށް ބުނެ ނުދެވޭނެކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.
މިއަދު ކުރިއަށްދިޔަ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު ފަލާހު ވަނީ ނިމިދިޔަ އިންތިހާބުގައި ވޯޓަށް ނުފޫޒު ފޯރުވުމުގެ އަމަލުތައް އެމްޑީޕީން ހިންގިކަމަށް ތުހުމަތުކޮށް އެހެންނަމަވެސް އެ އިންތިހާބު ނިމިގެންދިޔައީ އެ ޕާޓީން ބޭނުންވި ނަތީޖާ ނުލިބިކަން ފާހަގަކުރައްވާފަ އެވެ.
“އިންތިހާބުގެ ރޭ 60 މިލިއަން ރުފިޔާ ބަހާލިއޭ. ކޮންތާކުން ހޯދި ފައިސާއެއްތޯ ރައީސް އައްސަވާބަލަ. ވޯޓު ގަންނަން. ދިން ބައެއް ނޭނގޭ އަޅުގަނޑުމެންނަކަށް. ދޮގެއް ނުކުރެވޭނެ އެމްޑީޕީއަކަށް މިއިނީ ޗެއާޕާސަން އަޅުގަނޑުގެ ކައިރީގައި. އެ ތުހުމަތުވެސް އެކަމަކު އެޅުވީ އަޅުގަނޑުމެންގެ ބޮލުގައި،” ފަލާހު
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި 78 ރަށެއްގެ ކައުންސިލް މެޖޯރިޓީ ވެރިކަން ކުރާ ޕީއެންސީއަށް ލިބުނުއިރު، 68 ރަށު ކައުންސިލްގެ މެޖޯރިޓީ ލިބުނީ އެމްޑީޕީއަށެވެ.


