މަޖިލީހުގެ ރައީސް ތުރުކީވިލާތަށް ފުރާވަޑައިގެންފި

ޚަބަރު ފަހުގެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ތުރުކީވިލާތަށް ފުރާވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކުރާގޮތުގައި، މަޖިލީހުގެ ރައީސްގެ މިދަތުރުފުޅަކީ، އިންޓަރ-ޕާލިމެންޓަރީ ޔުނިއަންގެ 152 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފޅެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިދަތުރުފުޅުގައި މަޖިލީހުގެ ރައީސްގެ އިތުރުން، ޅުދުއްފުށި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ދާއޫދު އާއި ގައްދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު އަލީ އާއި ހުޅުދޫ ދާއިރާ ޕީއެންސީ މެންބަރު މުޙައްމަދު ޝާހިދު އަދި ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޛާކިރު ބައިވެރިވެ ވަޑައިގަންނަވަ އެވެ.

މީގެ އިތުރުން މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަސްމާ ރަޝީދު އާއި ނިލަންދޫ ދާއިރާގެ ޕީއެންސީ މެންބަރު ފާޠިމަތު ސަޢުދާ އަދި ހުރާ ދާއިރާ ޕީއެންސީ މެންބަރު އަނާރާ ނައީމް ބައިވެރިވެ ވަޑައިގަންނަވަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ