ކެބިނެޓްގެ 9 ވަޒީރަކު މަގާމުން އިސްތިއުފާ ދެއްވައިފި

ޚަބަރު ފަހުގެ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ 9 ވަޒީރަކު މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މި ބޭފުޅުން ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވި ސީދާ ސަބަބެއް ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މަގާމުން އިސްތިއުފާ ދެއްވި މިނިސްޓަރުން
* ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް
* ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު
* ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން
* ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް
* ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އާއިޝަތް ޝިހާމް
* އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ
* ޔޫތް އެމްޕަވަމެންޓް އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް)
* ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިިނިސްޓަރު ޠާރިޤު އިބްރާހިމް
* ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު

މިފަހުން ބޭއްވި އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއަށްފަހު ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރާނެ ކަމަށެވެ. އޭގެފަހުން ރައީސް މުއިއްޒު ވަނީ ސަރުކާރުގެ އަދި ކުންފުނިތަކުގެ އެކި މަގާމުތަކަށްވެސް ބަދަލުތައް ގެންނަވާފަ އެވެ.

ރައީސް މުއިއްޒުގެ ކެބިނެޓްގައި ޖުމުލަ 20 މިނިސްޓަރަކު ތިއްބަވަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ