އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބު ބާތިލް ކުރަން އެމްޑީޕީގެ އިސްތިއުނާފީ ފަނޑިޔާރު މަޖިލީހުގެ ރައީސް އަހުމަދު އަބްދުﷲ އަފީފް އަންގަވައިފިއެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބުލްޣަފޫރު މޫސާ އަށް އޭނާ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ޕާޓީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބު ޖޫން 12 ގައި ބާއްވާނެކަމަށް، ބުނެ، އިއްޔެ އެ ޕާޓީން ކޮށްފައިވާ އިއުލާނާއި، އެ އިއުލާނާއެކު، އާންމުކޮށްފައިވާ އިންތިހާބުގެ ޒައިމްލައިނަކީ، އޭނާ އިރުޝާދުދީފައިވާ ގޮތާއި ހިލާފަށް ނިންމާފައިވާ ނިންމުންތަކެއް ކަމަށެވެ.
ނަމަވެސް އެ އިންތިހާބުގެ ކަންތައްތައްް ރާވައި ހިންގުން އަސާސީ ގަވާއިދުން މަތިކޮށްފައިވަނީ އިސްތިއުނާފު ފަނޑިއާރުމަޖިލީހުގެ ރައީސްއާކަން ފާހަގަކޮށް އެ ސިޓީގައި ވިދާޅުވީ، އޭނާއަށް ނާންގައި. ޗެއާޕަސަންގެ އިންތިހާބާ ގުޅޭ އެއްވެސް ނިންމުމެއް، ޕާޓީގެ އެއްވެސް، ގުނަނަކުން ނިންމުމަކީ އަސާސީ ގަވައިދާ ހިލާފަށް ކުރެވޭ ކަމެއް ކަމުގައި ނޫނީ ނުވާނެ ކަމަށެވެ.
އަދި ޗެއަޕާސަންގެ އިންތިހާބުގެ ކަންކަން އިންތިޒާމުކުރުމާ ބެހޭގޮތުން އިންތިހާބާބެހޭ، ކޮމިޓީން ބޭއްވި ބައްދަލުވުމަކަށް އޭނަ ހާޒިރިވިއިރު، އެ ބައްދަލުވުމުގައި ކޮމެޓީން ނިންމި އިންތިހާބުގެ ޓައިމްލައިނަކީ ކޮމިޓީން ދޭ ލަފައެއް ކަމަށާއި ޕާޓީގެ ލީޑަރުންނާއި، ޗެއާއާ މަޝްވަރާކުރުމަށްފަހު އެކަމުގައި ގޮތެއް ނިންމާނެކަމުގައި އޭނާ ދެންނެވިކަމަށްވެސް އެ ސިޓީގައި ވިދާޅުވެފައި ވެއެވެ
އަދި ޕާޓިގެ ލީޑަރުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ މި ދަނޑިވަޅުގައި، ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލިދާނެފަދަ ނިންމުމެއް ނިންމުމަކީ ރަނގަޅުގޮތެއް ނޫން ކަމަށްވެސް އެ ސިޓީގައި ވެއެވެ. މީގެއިތުރު އެމްޑީޕީގެ އެތައް މެމްބަރުންނެއް އެހެން ޕާޓީތަކަށް އޮޅުވާލައިގެން ވައްދާފައިވާއިރު، އެ ފަރާތްތަކަށް އަލުން ޕާޓީއަށް ވަނުމުގެ ފުރުސަތު ނުލިބޭ ގޮތަށް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަކީ ކެންޑިޑޭޓުންގެ ހައްގު ގެއްލޭ ކަމެއް ކަމަށްވެސް އެ ސިޓީގައި ވެއެވެ.
އެހެންކަމުން ޗެއާޕާސަން އިންތިހާބު ހުޅުވައިލުމަށް ކޮށްފައިވާ އިއުލާނާއި، އެއިއުލާނާއެކު، އާންމުކޮށްފައިވާ އިންތިހާބުގެ ޓައިމްލައިން އަކީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ކޮންމެވެސް ބަޔަކު ނިންމާފައިވާ ނިންމުންތަކެއާ ކަމުގައިވާތީ އެ ނިންމުންތަކަކީ، ބާތިލް ނިންމުންތަކެއްކަން އިއުލާންކޮށްދިނުން އެެދޭ ކަމަށްވެސް އެ ސިޓީގައި ވެއެވެ.


