ވ. އަތޮޅުގައި ސަފާރީއަކުން ޑައިވިންއަށް ދިޔަ މީހުންގެ ތެރެއިން އަދި 4 މީހުން ނުފެންނަ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ވ. އަތޮޅުގައި އޮތް ސަފާރީ އަކުން ޑައިވިނަށް ދިޔަ 5 މީހަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު މިއަދުގެ 13:45 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ ފަސް މީހުންވެސް ނިޔާވެފައިވާ ކަމަށް ފުލުހުން އެއިރު ވިދާޅުވެފައި ވެެއެވެ.
ފަހުން ފުލުހުން ވިދާޅުވީ މި ހާދިސާގައި ގެއްލިފައިވާ އެންމެން ފެނިފައިވާކަމަށް ބުނެފައިވަނީ ހޯދުމުގެ މަސައްކަތް ކުރުމުން ދިޔަ މީހުންނަށް އެރި އޮޅުމަކުން ކަމަށެވެ.
އަދި ފެނިފައިވަނީ އެކަކު ކަމަށާއި، އެހެންމީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ގެއްލިގެން ހޯދަމުން ދަނީ އިޓަލީ އަށް ނިސްބަތްވާ ފަތުރުވެރިންތަކެކެވެ.


