ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ގަދަކޮށް ހުންނެވި ކަމަށް ކުރީގެ ފައިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިރޭ ހާމަކުރައްވައިފި އެވެ.
ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ ދުނިޔޭގެ މަސްރަހާއި މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން އިގްތިސާދީ ގޮތުން ގައުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، ފިނޭންސް މިނިސްޓަރުގެ މަގާމަކީ ނުހަނު ބުރަ ޒިންމާތަކެއް އުފުލަންޖެހޭ މަގާމެއް ކަމަށެވެ. ނަމަވެސް، އޭނާގެ ސިއްހީ ހާލަތު ހުރި ގޮތުން އެ ޒިންމާތައް އެންމެ ފުރިހަމައަށް އަދާކުރުމަށް އުނދަގޫތަކެއް ހުރި ކަމަށެވެ.
“އެހެންވީމާ މިކަހަލަ ހާލަތެއްގައި އަޅުގަނޑު އެތަން ހިސޯރުކޮށްގެން، އަޅުގަނޑަށް އަދި މިވަގުތު އެތަނުގައި ގިނަ ދުވަހު ނުހުރެވޭ ކަހަލަ ދިމާލަކަށް އަޅުގަނޑުގެ ސިއްހީ ހާލަތު ހުރި ގޮތުން ދާންޖެހޭއިރު ވެސް އަޅުގަނޑު ހަމަ އޭގައި ބައްދައިގެން ހުންނާކަށް ނުވާނެ ދެއްތޯ،” ޒަމީރު ވިދާޅުވި އެވެ.
ޕީއެންސީގައި މަގާމުތަކުގެ ޒިންމާ އުފުލޭނެ ފަދަ ގާބިލު ޒުވާނުން ތިބިކަން ފާހަގަކުރައްވައި، އެ ބޭފުޅުންނަށް ޖާގަ ދެއްވުމަކީ މުހިންމު ކަމެއްކަމަށް ޒަމީރު ވިދާޅުވިއެވެ. މަގާމުން ވަކިވެވަޑައިގަތަސް، ރައީސް މުއިއްޒުގެ “އުފެއްދުންތެރި” ސިޔާސަތުތައް ކުރިއެރުވުމުގައި ދެމިހުންނަވާނެކަމަށް ޒަމީރު ވިދާޅުވި އެވެ.
“މަގާމަށް ވަރަށް ގާބިލް ބޭފުޅުން އެބަތިބި. އެ ބޭފުޅުންނަށް ޖާގަދީ، އެއް ފަރާތަކަށް ޖެހިލަން ޖެހޭ. އަޅުގަނޑަކީ ބޭނުން ވުމުން އަބަދުވެސް އެނބުރި އަންނަ މީހެއް، އަޅުގަނޑު ސީނަކުން ނުގެއްލެން. މިހިރީ ރައީސް މުއިއްޒާ އެކު ގަދަކޮށް.” ޒަމީރު


