ވިލިމާލޭގައި ހިންގި މާރާމާރީއެއްގައި ހަތަރު މީހުން ޒަހަމުވެއްޖެ

ޚަބަރު ފަހުގެ

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެ މާރާމާރީ ހިންގާފައި ވަނީ ވިލިމާލެ، ކަނދޮޅުމާ ގޯޅީގައި މިއަދު ހަވީރު 3:12 ހާއިރު ކަމަށެވެ.

އެ މާރާމާރީގައި ޒަހަމުވެފައި ވަނީ ދިވެހި ހަތަރު ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ. އެއީ އުމުރުން 18 އަހަރާއި 27 އަހަރާއި 22 އަހަރު އަދި 31 އަހަރުގެ ހަތަރު މީހުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެ ހަތަރު މީހުންނަށް ލިބުނު އަނިޔާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ފުލުހުން ބުނީ އެ މާރާމާރީއަކީ ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއެއް ކަމަށެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ