އިންތިހާބުގެ ވޯޓުލުން ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 ގެ ނިޔަލަށް ކުރިއަށް ދާނެކަމަށް ޕީއެންސީން ބުނެއެވެ.
ހަނިމާދޫގައި ވޯޓް ފޮށި ބަހައްޓާފައި ހުރީ ހަނިމާދޫސްކޫލް 1އޭ ކުލާސް ރޫމް ގައެވެ. އެއީ ސްކޫލް ހުޅަނގު ގޭޓުންވަދެގެން ހުރިގޮތަށްގޮސް މޫނުޖެހޭ ކްލާސް ރޫމެވެ.
މި އިންތިހާބުގައި މާލޭގެ އިތުރުން 131 ރަށު ދާއިރާގައި ވޯޓުލުން ކުރިއަށް ދާނެ ކަމަށާއި އެ ދާއިރާތަކަށް 2،500 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރައެވެ.
މި އިންތިހާބުގައި ޕީއެންސީގެ ވޯޓާސް ލިސްޓުގެ އަސާސެއްކަމުގައި ބަލަނީ އިލެކްޝަން ކޮމިޝަނުގައި ރަޖިސްޓްރީވެފައިވާ ޕީއެންސީގެ މެމްބަރުންގެ ދަފްތަރަށެެވެ. އިންތިހާބުގައި ވޯޓުލެވޭނީ ހުސްވި ޖޫންމަހުގެ 15 ގެ ނިޔަލަށް އިލެކްޝަން ކޮމިޝަނުގައި ކޮންގްރެސް ޕާޓީގެ ނަމުގައި ދަފްތަރުވެފައިވާ މެމްބަރުންނަށް އެކަނިކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
ޕާޓީގެ ކޮންގްރެސް އޮންނާނީ ސެޕްޓެމްބަރު 15-18 އަށެވެ


