މާލޭ އުސްފަސްގަނޑު ކައިރީގައި ލޮރީއަކާއި ސައިކަލެއް މިއަދު ހަވީރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެކަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ސައިކަލް ދުއްވަން އިން މީހާއެވެ.
ފުލުހުން ވިދާޅުވީ މާލެ، ބޮޑުތަކުރުފާނު މަގު ދަރުބާރުގެ ކައިރީގައި ސައިކަލަކާއި ލޮރީއެއް ޖެހި އެކްސިޑެންޓުވެފައިވާ މައްސަލައެއް މިއަދު ހަވީރު ހަތަރެއް ޖަހާކަން ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އިތުރު މައުލޫމާތު ލިބުމުން ހިއްސާ ކުރާނެ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މި އެކްސިޑެންޓާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ނުދެއެވެ. އެހެންވެ، އެކްސިޑެންޓުގައި ނިޔާވީ ދިވެއްސެއްކަން ނުވަތަ ބިދޭސީއެއް ކަން ވެސް ސާފެއް ނޫނެވެ. އެކްސިޑެންޓުވި ސަރަހައްދުގައި ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.


