ހަނިމާދޫ އާއި ހޯރަފުށީގައި ސްވިމިން ޓްރެކް ފްލެޓްފޯމެއް ގާއިމުކުރުމަށް ސޮއިކޮށްފި

ހަނިމާދޫ ޚަބަރު ފަހުގެ

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ އާއި ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީގައި ސްވިމިން ޓްރެކް ޕްލެޓްފޯމެއް ގާއިމުކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ހަނިމާދޫ އަދި ހޯރަފުށީގައި ސްވިމިން ޓްރެކް ޕްލެޓްފޯމް ގާއިމުކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ހޯމަ ދުވަހު މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހަނިމާދޫ އަދި ހޯރަފުށީގައިވެސް ސްވިމިން ޓްރެކް ޕްލެޓްފޯމް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރެޕިޑް އިންޖިނިއަރިންގ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާއެވެ.

އެއްބަސްވުމުގައި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ފަޔާޒުއެވެ. އަދި ރެޕިޑް އިންޖިނިއަރިންގ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ކޯޕަރޭޓް އެފެއަރޒް މެނޭޖަރ އަމާނީ އާދަމްއެވެ.

ރެޕިޑް އިންޖިނިއަރިންގ އާ މި މަސައްކަތް ހަވާލުކޮށްފައިވަނީ މަސައްކަތް ފަށާ ތާރީހުން ފެށިގެން 120 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ