މަންތާ އެއާ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ މުބާރާތުގެ ފުރަތަމަ މެޗުން ހަނިމާދޫ ކަމިޔާބު ކޮށްފި

ހަނިމާދޫ ކުޅިވަރު ފަހުގެ

ހއ. މުރައިދޫގެ ނިޔާ އެކަޑެމީއާއި އެ ރަށު ކައުންސިލް ގުޅިގެން ” މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026″ ފުރަތަމަ މެޗުން ޓީމް ހަނިމާދޫ މޮޅުވެއްޖެއެވެ.

އިއްޔެ ހަވީރު ކުޅުނު މިމެޗް ހަނިމާދޫ ގެންގޮސްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ސެޓް ކާމިޔާބުކުރީ ކެލާޓީމެވެ. އެއީ 21-25 ގެ ނަތީޖާއިންނެވެ. މެޗްގެ ފުރަތަމަ ސެޓް ކެލާއިން ގެންގޮސްފައިވަނިކޮށް ހަނިމާދޫއިން ވަނީ ދެވަނަ ސެޓް 17-25 ހުން ގެންގޮސްފައެވެ. އަދި މެޗްގެ އެންމެ ފަހު ދެ ސެޓް ހަނިމާދޫއިން ގެންގޮސްފައިވަނީ، 21-25 ހުގެ ނަތީޖާއިންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިމެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވަނީ ހަނިމާދޫ ޓީމްގެ ޖާޒީ ނަމްބަރު 2 ޝުއައިބް އަބްދުލް ލަތީފެވެ.

މިފަހަރުގެ މުބާރާތުގައި ޖުމްލަ 10 ރަށަކުން ވާދަކުރެއެވެ. އެ ރަށްތަކަކީ މުރައިދޫގެ އިތުރުން ކެލާ، ހަނިމާދޫ، ވަށަފަރު، ފިނޭ، ފިއްލަދޫ، ދިއްދޫ، ކުޅުދުއްފުށި، ނޮޅިވަރަމް އަދި ބާރަށެވެ.

މުބާރާތުގެ މެޗުތައް ކުރިއަށްދާނީ ގްރޫޕް ސްޓޭޖުގައި ރައުންޑް އުސޫލުން ކުޅުމަށްފަހު، އެންމެ މޮޅު 8 ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ