ވީއައިއޭ ތަރައްގީގެ މަޝްރޫއު ކުރިއަށްދާގޮތް ރައީސް ބައްލަވާލައްވައިފި

ޚަބަރު ފަހުގެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާގޮތް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ބައްލަވާލައްވައިފިއެވެ.

އެއާޕޯޓަށް އިއްޔެ ކުރެއްވި ޒިޔާރަތުގައި ރައީސް ވަނީ އެއާޕޯޓުގެ އެރައިވަލް ޓާމިނަލް އަށް ވަޑައިގަންނަވާ، އެމްއޭސީއެލް އާއި، މޯލްޑިވްސް ކަސްޓަމްސް ސާވިސް، އަދި އިމިގްރޭޝަންގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފައެވެ.

އިޝްތިހާރު
އިޝްތިހާރު

ވީއައިއޭ އަދި އެއަރޕޯޓާ ގުޅިފައިވާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކުގެ ބުރަ އަދި އަގުހުރި މަސައްކަތްތައް ފާހަގަކުރައްވައި ރައީސް ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފިއެވެ.

މީގެ އިތުރުން، އެ މުއައްސަސާތަކަށް ކުރިމަތިވާ ދަތިތައް އޮޅުންފިލުއްވައި، ކުރިއަށް އޮތް ތަނުގައި ޚިދުމަތުގެ ފެންވަރު އިތުރަށް މަތިކޮށް، ސްޕީޑް އަވަސްކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވެސް ރައީސް މަޝްވަރާކުރެއްވިއެވެ.

ފިއުލް ފާމްގެ ގިނަ މަސައްކަތްތައްވެސް ނިމުމަކާ ގާތްވެފައިވާއިރު މި މަޝްރޫއުގެ މަސައްކަތް ނިމޭއިރު މަތިންދާބޯޓަށް އަޅާ ތެޔޮ (ރައްކާކުރެވޭ މިންވަރު މިހާރު ހުރި 15 މިލިޔަން ލީޓަރުން 45 މިލިޔަން ލީޓަރަށް އިތުރު ވާނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ