މުބާރާތުގެ ފައިނަލަށް ހަނިމާދޫ ދަތުރުކުރީ ކެލައާ ދެކޮޅަށް ކުޅުނުމެޗު 3-0 ކާމިޔާބުކޮށްގެންނެވެ.
މެޗްގެ ފުރަތަމަ ސެޓް ހަނިމާދޫ ޓީމުން ގެންދިޔައީ 25-23 ހުންނެވެ. ދެވަނަ ސެޓް 25-20 ގެންދިޔައިރު ފަހުސެޓް ހަނިމާދޫ ގެންގޮސްފައިވަނީ 25-17 އިންނެވެ.
މި މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވަނީ ހަނިމާދޫ ޓީމްގެ ޖާޒީ ނަމްބަރު 16 ސާދިޤް މޫސާއެވެ.
މި މުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޮނިހިރުދުވަހުގެ ރެއެވެ. ފައިނަލުގައި ހަނިމާދޫ ނިކުންނާނީ ބާރަށާއި ދެކޮޅަށެވެ.


