ގަވާއިދާ ޚިލާފަށް ތޮއްޑޫގައި އުޅެމުންދިޔަ 107 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ޚަބަރު ފަހުގެ

ގަވާއިދާ ޚިލާފަށް އއ. ތޮއްޑޫގައި އުޅެމުންދިޔަ 100 އަށްވުރެ ގިނަ ބިދޭސީން މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. އިމިގްރޭޝަނުންވަނީ ހޮނިހިރު ދުވަހު ތޮއްޑޫގައި ޚާއްސަ އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފައެވެ.

އާންމުންގެ ފަރާތުން ގިނަ ޝަކުވާތަކެއް ލިބެމުންދިޔުމާ ގުޅިގެން ތޮއްޑޫގައި އިމިގްރޭޝަންގެ ފަރާތުން ހޮނިހިރު ދުވަހުވަނީ ހެނދުނު 6 އިން ހަވީރު 4 ޖެހުމާ ހަމައަށް ޚާއްސަ އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެރަށުން ޝަކުވާ ހުށައަޅާފައިވާ ފަރާތްތަކުންވަނީ ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ރަށުގައި ބޮޑުވެފައިވާކަން ފާހަގަކޮށްފައެވެ. މިއޮޕަރޭޝަނުގައި އިމިގްރޭޝަނުން ވަނީ އެރަށުގައި ދިރިއުޅެމުންދިޔަ 507 ބިދޭސީއަކު ބަލައި ފާސްކޮށްފައެވެ. އަދި އޭގެ ތެރެއިން 107 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ

ރަށްރަށުގެ އިތުރުން މާލެ ސަރަޙައްދުގައިވެސް އިމިގްރޭޝަނުންދަނީ ބިދޭސީން މޮނީޓަރކުރުމުގެ މަސައްކަތްކުރަމުންނެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއެކު ރާއްޖެ މިހަރު ފާހަގަވެފައިވަނީ ބިދޭސީންގެ މައްސަލަ އެންމެ ރަނގަޅަށް ބެލެހެއްޓެމުންދާ ޤައުމެއްގެ ގޮތުގައެވެ. އެގޮތުން އެޤައުމެއްގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކްސް އެއްކުރެވިފައިވާ މަދު ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ