ތޫނު އެއްޗަކުން ހަމަލާދީ ދެ މީހަކު ޒަހަމްކޮށްލައިފި

ޚަބަރު ފަހުގެ

ފުލުހުންގެ ޚިދުމަތުން ބުނީ، ސަބުނަމް މަގުގައި ތޫނު އެއްޗަކުން ދެމީހަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވާކަމުގެ މައުލޫމާތު ރޭ 21:01 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި މާރާމާރީގައި އަނިޔާވެފައިވަނީ އުމުރުން 48 އަހަރާއި 33 އަހަރުގެ ދިވެހި ދެ ފިރިހެނުންނަށް ކަމަށް ފުލުހުން ބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެމީހުންގެ ތެރެއިން އެކަކަށް ސެނަހިޔާ ހޮސްޕިޓަލުގައި އަދި އަނެކަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލައިގެ ތުހުމަތުގައި ބިދޭސީ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ