ހަނގުރާމަ އަދި ނުނިމޭ، ދުޝްމަނުންނަށް އަދިވެސް ގެއްލުންދޭނަން: އީރާނު ކޮމާންޑަރ އިން ޗީފް

ޚަބަރު ފަހުގެ ދުނިޔެ

ހަނގުރާމަ އަދި ނުނިމޭ ކަމަށާއި، އީރާނަށް މިހާތަނަށްވެސް ކާމިޔާބު ލިބިއްޖެ ކަމަށާއި، އީރާނަށް ހޯދިފައިވާ ކާމިޔާބީ އަދިވެސް ވަރުގަދަ ކުރަންޖެހޭ ކަމަށް އީރާނު އަސްކަރިއްޔާގެ އެންމެ އިސް ކޮމާންޑަރު ވިދާޅުވެއްޖެއެވެ.

ތެހެރާނުގައި ބޭއްވި އަސްކަރީ އިހުތިފާލެއްގައި އީރާނު އަސްކަރިއްޔާގެ ކޮމާންޑަރ އިން ޗީފް ޖެނެރަލް އާމިރު ހާތަމީ ވިދާޅުވީ، ހަނގުރާމަ އަދި ނުނިމޭ ކަމަށާއި، އެހެން ނަމަވެސް ދުޝްމަނުންނަށް ބޮޑެތި ގެއްލުންތައް ދެވި އީރާނަށް ބޮޑެތި ކާމިޔާބީތައް ލިބިފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އޭނާ ވިދާޅުވީ، އެމެރިކާއާއެކު ކުރިއަށްދާ ހަނގުރާމަ މިހާރު އޮތީ ނާޒުކު މަރްހަލާއެއްގައި ކަމަށެވެ.

ހަމަ އެއާއެކު، އީރާނުގެ ހިތްވަރުގަދަ ސިފައިންގެ ފަރާތުން ދުޝްމަނުންނަށް އަދިވެސް ބޮޑެތި ގެއްލުންތައް ލިބޭނޭ ކަމަށާއި، އެކަމަށް ތައްޔާރުވެ ތިބުމަށް ކޮމާންޑަރ އިން ޗީފް އިންޒާރު ކުރައްވާފައި ވެއެވެ.

ނުބައިނުލަފާ އެމެރިކާއާއި ޒަޔަނިސްޓުންނާ ދެކޮޅަށް ތެދުވެ، އެމީހުން ބަލިކޮށް ނިކަމެތިކޮށްފައިވާ ގައުމެއްގެ ސިފައިންނަށް ވުމަކީ އީރާނު އަސްކަރިއްޔާ މިއަދު ފަޚުރުވެރިވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

މިއީ އީރާނު ކަމަށާއި، އީރާނަކީ އެމެރިކާއާއި ޒަޔަނިސްޓުންނަށް އެމީހުންގެ ހައްދުފަހަނަޅާފައިވާ އުދުވާނުތައް ހިންގަންއޮތް ތަނެއް ނޫން ކަމަށްވެސް، ކޮމާންޑަރ އިން ޗީފް ޖެނެރަލް އާމިރު ހާތަމީ ވިދާޅުވިއެވެ.

ބޭރުގެ ބާރުތަކުން ސަރަހައްދުގެ މުހިންމު ކަނޑުއޮޅިތަކުގެ ބޭނުންކުރާއިރު އީރާނަށް އެ ކަނޑުއޮޅިތަކުގެ ބޭނުންކޮށްގެން ވިޔަފާރި ނުކުރެވޭ ހާލަތެއް އީރާނުން ގަބޫލު ނުކުރާނެ ކަމަށް ޖެނެރަލް އާމިރު ހާތަމީ ވިދާޅުވިއެވެ.

“އީރާނަށް ވިޔަފާރި ނުކުރެވޭނަމަ، އީރާނަށް ދިރިއުޅެވޭ ގޮތެއް ނުވެއްޖެނަމަ، އެއްވެސް މީހަކަށް ވިޔަފާރިއެއް ނުކުރެވޭނެ އަދި ދިރިވެސް ނުއުޅެވޭނެ” ކޮމާންޑަރ އިން ޗީފް ޖެނެރަލް އާމިރު ހާތަމީ

ހޮރްމޫޒު ކަނޑުއޮޅިއަކީ އީރާނު ރައްޔިތުންގެ ކަރާމާތާއި ޝަރަފުގެ ކަނޑުއޮޅި ކަމަށާއި، އީރާނުގެ މަހުރޫމް ކޮށްލާފައި އެ ކަނޑުއޮޅި ބޭނުން ކުރުމުގެ ފުރުސަތު ދުޝްމަނުންނަށް ނުދެވޭނޭ ކަމަށްވެސް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ