ކޮވިޑް ނަވާރާގެ ސަބަބުން 2020 ވަނައަހަރު މާޗު 5 ވަނަދުވަހު ކިޔަވައި ދިނުން މެދު ކަޑާލި ސަޢާދާ ޕުރީސްކޫލް ކިޔެވުން 48 ދަރިވަރުނާއެކު މިއަދު ފަށައިފިއެވެ.
ސަޢާދާ ޕުރީސްކޫލް އަކީ 2001 ވަނަ އަހަރުން ފެށިގެން މެދު ކެޑުމެއް ނެތި ހަނިމާދޫގައި ޕުރީސްކޫލް ތައުލީމު ދެމުއަންނަ ސްކޫލެކެވެ. މިސްކޫލަކީ އަމިއްލަ ފަރާތެއް ކަމުގައިވާ ހަނިމާދޫ ޒުވާނުގެ ޖަމިއްޔާއިން ހިންގާ ސްކޫލެކެވެ.
މި ހާރު އެ ސްކޫލްގައި ހަމައެކަނި ނާސަރީ އަދި ބޭބީ ނާސަރީ އަށް ކިޔަވައި ދެމުން ދިޔަކަމުގައި ވީނަމަވެސް މީގެ އަހަރު ތަކެއް ކުރި އެލްކޭޖީ އަދި ޔޫކޭޖީ އަށްވެސް ވަނީ ކިޔަވައިދީފައެވެ. އެލްކޭޖީ އަދި ޔޫކޭޖީ އަށް ކިޔަވައިދިނުން މެދު ކަޑާލީ 2016 ވަނައަހަރު ޕުރީސްކޫލް ކިޔާވައި ދިނުމަށް ގެނެވުނު ބަދަލާ ގުޅިގެންނެވެ.