އއ. އުކުޅަސް ކޮރަލް ކުރޫޒާރ ސްޕީޑް ފެރީ އިފްތިތާހް ކޮށްފި

ޚަބަރު ފަހުގެ

ފުޅާ ދާއިރާއެއްގައި އއ.އަތޮޅުގައި ފެރީ ދަތުރު ކުރާ ކޮރަލްގެ 4 ވަނަ ލޯންޗް 4 ޖެނުވަރީ 2020 ވީ ހުކުރުދުވަހު އިފްތިތާހް ކޮށްފިއެވެ.

މި ލޯންޗް އިފްތިތާހް ކޮށްފައި ވަނީ އެކަމަށްޓަކާ ބޭއްވި ކުޑަރަސްމިއްޔާތަކުންނެވެ. މި ހަފުލާ އިންތިޒާމްކުރެއްވީ ކޮރަލްގެ އއ.ބޮޑުފޮޅުދޫ އެޖެންޓް މުސްތަފާއަހުމަދުގެ އިސްނެގުމާއިއެކު އއ.ބޮޑުފޮޅުދޫ އާރުބީޖީ ސްޕޯރޓްސް ކުލަބުގެ އަންހެން މެމްބަރުންގެ ބައިވެރިވުމާއި އެކު ބޭއްވި ހަވީރުގެ ސައިފޮދަކާއި އެކުއެވެ. މިކުޑަ ރަސްމިއްޔާތު ކުރިއަށްގެންގޮސްފައިވަނީ އއ.ބޮޑުފޮޅުދޫ ބަނދަރު ސްޓޭޖް ގައެވެ. މިރަސްމިއްޔާތުގައި ކޮރަލް ކުރޫޒާއަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ 2 ކޭކެއް ވަނީ ފަޅާފައެވެ. މިކޭކު ފެޅުމުގައި ބައިވެރިވެފައިވަނީ ވެރިފަރާތާއި އެފަރާތުގެ އާއިލީ ބޭފުޅުންނެވެ. އއ. އުކުޅަހުގެ ގިނަ އަދަދެއްގެ ރަށްޔިތުން މިރަސްމިއްޔާތުގައި ބައިވެރިވެފައި ވެއެވެ.

އިޝްތިހާރު
އިޝްތިހާރު

އއ.އަތޮޅުގެ 4 ރަށެއް މާލެއާއި ގުޅުވާލަދިނުމުގައި ބޮޑެތި ކުރިއެރުންތަކެށް ހޯދަމުން އަންނަ ކޮރަލްގެ 4 ވަނަ ލޯންޗް ”ކޮރަލް ކުރޫޒާ” އަކީ އއ.އުކުޅަސްގައި ލޯންޗްފެރީގެ ގޮތުގައި އޮޕަރޭޓްކުރަމުން އަންނަ ލޯންޗްތަކެކެވެ. އެގޮތުން އެކުންފުނީގައި މިހާރު 4 ލޯންޗް ފެރީގެ ގޮތުގައި މާލެ އާއި އަތޮޅުތެރޭގައި ދަތުރުތައް ކުރަމުން ގެންދެއެވެ. އެއީ ކޮރަލް، ކޮރަލް އެކްސްޕްރެސް، ކޮރަލް ސްޕީޑް ގެ އިތުރުން ކޮރަލްކުރޫޒާ އެވެ. އާންމުގޮތެއްގައި މިލޯންޗުތައް ދަތުރުކުރަނީ މާލެ، އެއާރޕޯރޓް، ރަސްދޫ، އުކުޅަސް، ބޮޑުފޮޅުދޫ އަދި މަތިވެރިއަށެވެ.

އެންމެ ފަހުން ފެށި މި ސްޕީޑް ލޯންޗަކީ ޒަމާނީފެންވަރަށް ތައްޔާރު ކުރެވިފައިވާ ދަތުރުކުރާ ފަރާތްތަކަށް ފަސޭހަ ކަމާއިއެކު ދަތުރުކުރުމުގެ ހުރިހާ އިންތިޒާމަކާއިއެކު 300 ހޯސްޕަވަރ ގެ 4 އިންޖީނު އަޅާފައިވާ 70 މީހުންގެ ޖާގައިގެ ލޯންޗެކެވެ.

ކޮވިޑް 19 އާއި ގުޅިގެން މާލޭގެ ހާލަތުގޯސްވެ ބޭސްފަރުވާއަށް އަތޮޅުތެރޭން މާލެ ދަތުރުކުރާ ފަރާތްތައް މާލެއަށް ޑޮކްޓަރަށް ދައްކަން ދިއުމުގެ ކަންކަން ދަތިވުމުން ކޮރަލްއިން ވަނީ ރ.އަތޮޅު އުނގޫފާރަށާއި އދ މަހިބަދޫއަށް ދަތުރު ކުރަން ފަށާފައެވެ. މިކަމުގެ ސަބަބުން އއ.އަތޮޅުގެ ގިނަ ރަށްޔިތުންތަކަކަށް ފަސޭހަވެގެން ގޮސްފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ