ކެތިއަރާ ޖަމިއްޔާގެ 2 ވަނަ ދައުރުގެ ހިންގާ ކޮމިޓީއަށް މެންބަރުން އިންތިހާބުކޮށްފި

ހަނިމާދޫ ޚަބަރު ފަހުގެ

2015 ވަނަ އަހަރުން ފެށިގެން ހަނިމާދޫގައި ހަރަކާތް ތެރިވަމުންދާ ކެތިއަރާ ޖަމިއްޔާގެ 2 ވަނަ ދައުރުގެ ހިންގާ ކޮމިޓީއަށް މެންބަރުން އިންތިހާބު ކުރުން މިމަހުގެ 25 ވީ ހޯމަ ދުވަހު 18:00ގައި އޮންލައިންކޮށް ކުރިއަށް ގެންގޮސްފިއެވެ. މި އިންތިހާބުގެ އެންމެހަައި ކަންތައްތައް ކުރިއަށް ގެންގޮސްފައިވަނީ އެޖަމިއްޔާގެ ނިމިދިޔަ ދައުރުގެ ހިންގާ ކޮމިޓީން އައްޔަނު ކުރި 03 މީހުންގެ ކޮމިޓީ އަކުންނެވެ.

އިންތިހާބާ ބެހޭ ގޮތުން ގޮށްކޮޅަށް މައުލޫމާތު ހިއްސާކުރައްވަމުން އިންތިހާބީ ނައިބު ރައީސް ފިރާޤް މުހައްމަދު ވިދާޅުވީ މީގެ ކުރިންވެސް ދެވަނަ ދައުރަށް ހިންގާ ކޮމިޓީ އިންތިހާބު ކުރެވުނުކަމަށާއި އެފަހަރު ހޮވި ކޮމިޓީ ރަޖިސްޓަރީ ނުވެވި އޮއްވާ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ދަތިތަކާއި ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތް ބަދަލުވުން އެެއްފަހަރާ ދިމާވުމުގެ ސަބަބުން ރަޖިސްޓަރީ ނުވެވުމުގެ އިތުރުން ބައެއް ފަރާތްތަކުން އިސްތިއުފާ ދެއްވުމާ ގުޅިގެން އަލުން 2 ވަނަ ދައުރަށް އައު ކޮމިޓީ އިންތިހާބު ކުރީ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އިތުރަށް ވާހަކަ ކުރިއަށް ގެންދަވަމުން ފިރާޤް ވިދާޅުވީ އޮންލައިން އިންތިހާބަކަށް ދާން ވިސްނީ ގިނަ މެންބަރުތަކެއް މިވަގުތު ރަށުގައި ނޫޅޭތީ ވީހާވެސް ގިނަ ފަރާތްތަކަށް އެފުރުސަތު ދިނުމަށް ކަމަށެވެ. އިންތިހާބު ކުރިޔަށް ގެންގޮސްފައި ވަނީ ވައިބާ ކޮމިއުނިޓީ ވައިބާ ގުރޫޕުގައެވެ.

މިފަހަރުގެ އިންތިހާބަށް ނަން ފޮނުވުން މިމަހުގެ 21،20 މި ދެދުވަހު ކުރިޔަށް ގެންދިޔައިރު އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ 24 މެންބަރުންނަށް ލިބިފައިވާއިރު ވޯޓުގައި ބައިވެރިވީ 19 މެންބަރުންނެވެ.

ކެތިއަރާ ޖަމިއްޔާގެ 2 ވަނަ ދައުރުގެ ހިންގާ ކޮމިޓީއަށް އިންތިހާބުވި މެންބަރުން އަދި ލިބުނު ވޯޓުގެ އަދަދު؛

ރައީސް : އަލީ އިބްރާހިމް ، ނޫރާނީއާގެ، ހދ.ހަނިމާދޫ / 19 ވޯޓް
ނައިބު ރައީސް : ފިރާޤް މުހައްމަދު ، ވައިލެޓް ހައުސް، ހދ.ހަނިމާދޫ / 17 ވޯޓް
ނައިބު ރައީސް : އަހުމަދު އިނާޝް، މުރިނގު ހދ.ހަނާދޫ / 16 ވޯޓް
ސްޕޯޓްސް ސެކެރެޓަރީ : އަބޫބަކުރު ޢަބްދުލްކަރީމް، ތަމްކީނުގެ ހދ.ހަނިމާދު / 16 ވޯޓް
މީޑިއާ ކޯޑިނޭޓަރ : އަބްދުالله ނާސިރު، ނަލަހިޔާގެ ހދ.ހަނިމާދޫ / 18 ވޯޓް
ޖެނެރަލް ސެކެރެޓަރީ : މުހައްމަދު އަޔާން، ރެޑްރޯސް، ހދ.ހަނިމާދޫ/ 18 ވޯޓު
އިންތިޒާމް ސެކެރެޓަރީ : ރީހާން އަހުމަދު ، ތޫރި، ހދ.ހަނިމާދޫ / 17 ވޯޓް
ޓެކްނީޝަން : އަބްދުالله އަލީ، މިނާއައްސޭރި، ހދ.ހަނިމާދޫ / 16 ވޯޓް
ހަޒާންދާރު : ރިޝްފާން ޢީސާ ،ވީނަސް، ހދ.ހަނިމާދޫ / 17 ވޯޓް
އެސިސްޓެންޓް ޓެކްނީޝަން : އަރީޝް އަޙްމަދު ލަކީކޯނަރ، ހދ.ހަނިމާދޫ /11 ވޯޓު
އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ