އއ.ބޮޑުފޮޅުދޫ އާރުބީޖީ ސްޕޯރޓްސް ކުލަބުން 2021 ވަނަ އަހަރުގެ ކުޅިވަރު ހަރަކާތްތައް ފަށައިފި

ޚަބަރު ފަހުގެ

ރެވޮލިއުޝަނަރީ ބޮޑުފޮޅުދޫ ޖެނަރޭސަން ސްޕޯރޓްސް ކުލަބުން މިއަހަރުގެ ކުޅިވަރު ހަރަކާތްތައް ފަށައިފިއެވެ. އެކުލަބުން ކުޅިވަރު ހަރަކާތްތަށް ފެށުމުގެ ގޮތުން އެކުވެރިކަމުގެ 2 ވޮލީމެޗެއް ވަނީ 25 ޖެނުއަރީ 2021 ވަނަ ދުވަހު ކުޅެފައެވެ. ވާދަވެރި މި ދެ މެޗުވެސް ކާމިޔާބު ކޮށްފައިވަނީ އއ. ބޮޑުފޮޅުދޫ އާރުބީޖީ ސްޕޯރޓްސް ކުލަބުން ނެވެ.

25 ވަނަ ދުވަހުގެ ހަވީރު އއ.ރަސްދޫ ވޮލީކޯޓްގައި އާރުބީޖީ ސްޕޯރޓްސް ކުލަބުގެ އަންހެން ވޮލީޓީމާއި ރަސްދޫ އަންހެން ޓީމް ބައްދަލު ކުރިމެޗް ސީދާ 0-3 ން ކާމިޔާބު ކުރީ އާރުބީޖީސްޕޯރޓްސް ކުލަބުންނެވެ. އއ. ރަސްދޫ އަންހެން ވޮލީޓީމަކީ އއ. އަތޮޅުގައި އެންމެ ފަހުން ވޮލީ ކުޅެންފަށާފައިވާ ޓީމަށް ބަލާއިރު ރަގަޅު ކުޅުމެއް އެޓީމުން ވަނީ ދައްކާފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

އަންހެން ވޮލީ މެޗަށް ފަހު އެރޭގައި ވަނީ އއ. ރަސްދޫ ފިރިހެންޓީމާއި އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ޓީމް ބައްދަލުކޮށްފައެވެ. އއ. އަތޮޅުގެ އެންމެ ވަރުގަދަ ޓީމްގެ ގޮތުގައި ގިނަބަޔަކު ފާހަގަކުރާ ބޮޑުފޮޅުދޫ އާރުބީޖީ ސްޕޯރޓސް ކުލަބުގެ ފިރިހެންވޮލީޓީމާއި ރަސްދޫ ޓީމް ބައްދަލު ކުރި އެކުވެރިކަމުގެ ފޯރިގަދަ މެޗް 0-3 ސެޓުން އާރުބީޖީސކ ގެ ޓީމްވަނީ ކާމިޔާބުކޮށްފައެވެ. ފިރިހެން ވޮލީމެޗްގެ ފުރަތަމަސެޓް ގައި އާރުބީޖީޓީމްއަށް މާރަގަޅުކުޅުމެއް ނުދެއްކުމުގެ ނަތީޖާއެއްގެ ގޮތުން 10 ޕޮއިންޓް ކުރީގައި ރަސްދޫޓީމް ލީޑްކުރަމުންދަނިކޮށް އާރުބީޖީ ޓީމްގެ ކޯޗް އަހުމަދު މުހައްމަދު ޓައިމްއައުޓް ނަގާ ޓީމަށް އިރުޝާދު ދިނުމަށް ފަހު ކުޅެން ނިކުމެ ފަހަތުން އަރާ ހަމަހަމަ ކުރުމަށްފަހު ފުރަތަމަ ސެޓް 24-25 އިން ވަނީ ކާމިޔާބުކޮށް ފައެވެ. ގިނަ އަދަދެއްގެ ސަޕޯރޓަރުން ގެ އަޑާއި އެކު ރަސްދޫޓީމް އަތުން ސީދާ -03 ސެޓުން މެޗްކާމިޔާބު ކޮށްފައިވަނީ އާރުބީޖީ ސްޕޯރޓްސް ކުލަބުންނެވެ.

އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ރައީސް އިބްރާހިމް ނަސީމް ވިދާޅުވީ މީ މިކުލަބުގެ ކުރިއެރުން ކަމަށާއި އއ. އަތޮޅުގައި ވޮލީގެ އެއްވަނައިގައި އަބަދުވެސް އއ. ބޮޑުފޮޅުދޫ ހިފަހައްޓާލުމަކީ މިކުލަބުގެ އަޒުމެއްކަމަށާއި، މި ޓީމްތައް ޤައުމީ މުބާރާތްތަކުގައި ވާދަކުރާ ތަން ދެކުމަކީ ދެކޭ ހުވަފެނެއްކަމަށާއި އަދި އެއަމާޒަށް ވާސިލްވުމަށް މިކުލަބުން މިއަހަރު ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ގެންދާނެކަމަށެވެ. އަދި އއ.އަތޮޅުގެ އަތޮޅުކައުންސިލަށް ވެސް މިކުލަބުން ރިކުއެސްޓެއް ކުރާކަމަށާއި އަތޮޅު ފެންވަރުގައި ކުޅިވަރު ތަރައްޤީކޮށް ކުރިއެރުވުމަށް ކައުންސިލުން މި އަތޮޅުގެ ރަށްތަކަށާއި ކުލަބުޖަމިއްޔާތަކަށް ފުރަސަތުތައް ފަހިކޮށްދީ ކުލަބު ޖަމިއްޔާތަކަށް ބޭނުންވާ ބައެއްކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެދޭކަމަށެވެ. އަދި އަތޮޅުފެންވަރުގެ ކުޅިވަރު މުބާރާތްތައް އަތޮޅުކައުންސިލްއިން އިންތިޒާމްކޮށް ކުރިއަށް ގެންދާތަން މިއަހަރު ފެނިގެންދިއުމަކީ ކުރާ އުންމީދެއްކަމަށެވެ.

އާރުބީޖީ ސްޕޯރޓްސް ކުލަބުން އއ. ރަސްދޫއަށް މި ކުރިދަތުރުގައި އއ.ރަސްދޫއިން އަދާކުރެއްވި ފުރިހަމަ މެހެމާންދާރީ އަށާއި ޓީމަށް ހަމޖައްސާދެއްވި ފުރިހަމަ އިންތިޒާމްތަކަށް މިކުލަބުގެ ފަރާތުން ރަސްދޫގެ އަންހެން އަދި ފިރިހެން ވޮލީޓީމަށް ވަރަށް ހާއްސަ ޝުކުރެއްދަންނަވާކަމަށް އެކުލަބުގެ ރައީސް ވަނީ ދަންނަވާފައެވެ.

އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ރައީސް އިބްރާހިމްނަސީމް އިތުރަށް ވިދާޅުވީ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި އިއުލާން ކުރެވުނު ގޮތަށް މިއަހަރު ކުޅިވަރާއި ގުޅުންހުރި ގިނަ ހަރަކާތްތަކެއް ކުލަބުން ރާވާފައިވާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި މެމްބަރުންނަށް އެފުރަސަތުތަށް ފަހިކޮށްދެމުން ގެންދާނެކަމަށެވެ.

ފޮޓޯ : ޔަޒުދާން އަލީ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ