މިއީ ވާދަވެރިން ތިން ބަލިކުރަން ނުކުންނަ ފަހަރު: ނަޝީދު

ޚަބަރު ފަހުގެ

ކުރިއަށް އޮތް ކައުންސިލް އިންތިހާބަކީ އިދިކޮޅު ފަރާތްތައް ތިން ބަލިން ނުކުންނަ ފަހަރު ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވި އިރު، ކޯލިޝަނަކާއެކު ނުކުމެ މިދިޔަ ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރި އިރު، މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ 87 ދާއިރާގެ ތެރެއިން އެމްޑީޕީން ވަނީ 65 ގޮނޑި ކާމިޔާބު ކޮށްފަ އެވެ. އެއާއެކު އެޕާޓީއަށް ވަނީ ސުޕަ މެޖޯރިޓީއެއް ލިބި މިހާތަނަށް ޕާޓީއަކުން ކާމިޔާބު ކޮށްފައިނުވާ އަދަދަށް ގޮނޑިތަކެއް ލިބިފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ، ކައުންސިލްތަކުގެ އިންތިހާބަށް ގެނައި އިސްލާހާއި ސަރުކާރުން މިދިޔަ ދެ އަހަރު ކޮށްދީފައިވާ މަސައްކަތްތައް އެކުވުމުން މިދެވެނީ ރައްޔިތުން ބޭނުންވާ އާ ފަތިހަށް ކަމަށެވެ.

“މިއީ އަޅުގަނޑުމެންގެ ވާދަވެރިން ތިން ބަލި ކުރަން ނުކުންނަ ފަހަރު. އިރާދަކުރެއްވިއްޔާ ބޮޑު ބައްޔަކުން އަޅުގަނޑުމެންގެ ވާދަވެރިން ބަލިކުރާނަން،” ރައީސް ނަޝީދު ވިދާޅުވި އެވެ.

މި އިންތިހާބު ކާމިޔާބު ކުރެވޭނެތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ ޖަޒީރާ މެނިފެސްޓޯއަކީ ކުދި ރަށްތަކަށް އެންމެ ބަލައިގަނެވޭނެ އެއް ކަންތައް ކަމަށެވެ. އެހެންކަމުން އިންތިހާބުގައި އެމްޑީޕީއަށް ވޯޓު ނުދީ އެއްވެސް ދިވެއްސަކު ހުރެދާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ވިދާޅުވި އެވެ.

“އަޅުގަނޑު ވަރަށް ހިސާބު ޖަހައިފިން ދެރަވާނެ އެއް ގޮތެއްވެސް އެބަ އޮތްތޯ. ހަމަ އެއްގޮތެއް ވެސް ނުފެނުނު.. ކިޔުއްވާ ރާއްޖޭގައި އޮންނާނެ މައިގަނޑު ތަންކޮޅެއް އާބާދީ ބޮޑު 27 ރަށެއް. އެއީ ޝައްކެއް ނެތް ގޮތުގައި އަޅުގަނޑުމެން ނަގައި ނިންމާނެ ރަށްތައް. ހަމަ އެއްވެސް ބޭފުޅަކަށް ކުޑަވެސް ޖާގައެއް ނުދީ އަޅުގަނޑުމެން ނަގާނަން،” ނަޝީދު ވިދާޅުވި އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ