ބ. އަތޮޅު މަދަރުސާއިން ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ކެންސަރު ދުވަސް ފާހަގަ ކޮށްފި

ޚަބަރު ފަހުގެ

ބ އަތޮޅު މަދަރުސާއިން ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ކެންސަރު ދުވަސް ފާހަގަ ކޮއްފިއެވެ.

އެކަމަށްޓަކައި އާދީއްތަ ދުވަހު ހެނދުނު އެ މަދަރުސާގައި ވަނީ ހާއްޞަ އެސެމްބްލީއެއް ބާއްވާފައެވެ. މި އެސެމްބްލީގައި ކެންސަރާ ބެހޭ މައުލޫމާތު ދަރިވަރުނަން ދިނުމުގެ އިތުރުން، ކަސްރަތު ކުރުމުގެ ހަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. ކަސްރަތު ހަރަކާތް ކުރިއަށް ގެންގޮސްދެއްވީ އެކަމުގެ ތަޖުރިބާކާރެއް ކަމުގައިވާ، ފިޓްނެސް އިންސްްރަކްޓަރ ޝުޖާއު ޙުސައިނެވެ.

އިޝްތިހާރު
އިޝްތިހާރު

ބ. އަތޮޅު މަދަރުސާއިން ދުނިޔޭގެ ކެންސަރު ދުވަސް ފާހަގަ ކުރުމަށް ހިންގުނު މިޙަރަކާތުގައި މަދަރުސާގެ ހުރިހާ ދަރިވަރުންނާއި މުވައްޒަފުން ބައިވެރިވެފައި ވާކަމަށް އެ މަދަރުސާއިން މައުލޫމާތު ދެއްވައެވެ.

މިއަހަރުގެ ކެންސަރު ދުވަހުގެ ޝިއާރަކީ “އައި އޭމް އެންޑް، އައި ވިލް”އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ