އިބްރަހިމޮވިޗުގެ 500 ވަނަ ލަނޑާއެކު މިލާން އެއްވަނައަށް

ކުޅިވަރު ފަހުގެ

އިޓާލިއަން ލީގުގައި އާދީއްތަ ދުވަހުގެރޭ ކްރޮޓޯނޭ ބަލިކޮށް ތާވަލުގެ އެއްވަނައަށް އޭސީ މިލާން އަލުން ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މިލާން މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގައި މިލާނުން މޮޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗުގެ 30 ވަނަ މިނެޓުގައި މިލާނަށް ލީޑު ނަގައިދިނީ އިތުބާރު ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗެވެ. މިއީ ކުލަބު ކެރިއަރުގައި އިބްރަހިމޮވިޗް ކާމިޔާބުކުރި 500 ވަނަ ލަނޑެވެ. އޭގެ ފަހުން މެޗުގެ 64 ވަނަ މިނެޓުގައި މިލާނަށް ލީޑު ފުޅާކޮށްދިނީވެސް އިބްރަހިމޮވިޗެވެ. މިއީ މި ސީޒަނުގެ އިޓާލިއަން ލީގުގައި އޭނާ ކާމިޔާބުކުރި 14 ވަނަ ލަނޑެވެ.

މި މެޗުގައި މިލާނުން ގިނަ ހަމަލާތަކެއް އުފައްދާފައިވާއިރު، މެޗުގެ 69 ވަނަ މިނެޓުގައި އަންޓެ ރެބިޗް ވަނީ މިލާނުގެ ތިންވަނަ ލަނޑު ޖަހާފައެވެ. އަދި އޭގެ މިނެޓެއް ފަހުން މިލާނުގެ ހަތަރުވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ ރެބިޗެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައަށް މިލާން އަލުން އެރީ ކުޅުނު 21 މެޗުން ލިބުނު 49 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އިންޓަ މިލާނަށް ވަނީ 21 މެޗުން 47 ޕޮއިންޓް ލިބިފައެވެ. އަދި އާދީއްތަ ދުވަހުގެރޭ މިލާން އަތުން ބަލިވި ކްރޮޓޯނޭ އޮތީ ތާވަލުގެ ފުލުގައި 21 މެޗުން 12 ޕޮއިންޓާއެކުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ