އުންގާ ވޮލީ ކަޕް 2021 ފެށިގެން ކުރިއަށް ދަނީ

ކުޅިވަރު ފަހުގެ

ށ. ފުނަދޫގެ ޖަމިއްޔާއެއް ކަމަށްވާ ޔުނައިޓެޑް ނިއު ޖެނެރޭޝަން އެޑެލްޓްސް (އުންގާ) ޖަމިއްޔާގެ ފަރާތުން އިންތިޒާމުކޮށް ހިންގާ އެ ޖަމިއްޔާގެ ފުރަތަމަ ވޮލީ މުބާރާތް “އުންގާ ވޮލީ ކަޕް 2021″، ޖުމުލަ 5 ޓީމާއެކު ފެބުރުއަރީ 10 ވަނަ ދުވަހު ފެށިގެން ކުރިއަށް އެބަ ދެއެވެ.

އެ ޖަމިއްޔާގެ ފަރާތުން ފުނަދޫ ފިރިހެންވެރިނަށް އަމާޒުކޮށްގެން އިންތިޒާމުކޮށް ކުރިއަށް ގެންދާ މި މުބާރާތުގައި ބައިވެރިވެފައި ވަނީ ދަށްފަޅު މޯލްޑިވްސް ، ހަންފަނޑު، ކައިޒީން ދަ ޓައިގާރޒް، ހުއްރިއްޔާ އަދި ޔަންގްފޯރސް އެވެ.

އިޝްތިހާރު
އިޝްތިހާރު

އެއްވަނަ ޓީމަށް 5000 ރުފިޔާ އަދި ދެވަނަ ޓީމަށް 2000 ރުފިޔާ ލިބޭ މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން، ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެއް ފައިނަލްގައި ކުޅޭ ގޮތަށެވެ.

މިހާތަނަށް މި މުބާރާތުގައި ހަތަރު މެޗު ކުޅެފައިވާ އިރު މިރޭވެސް ދެ މެޗު ކުޅުމަށް ވަނީ ރާވާފައެވެ. މިރޭ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ހުއްރިއްޔާ އަދި ޔަންގްފޯރސް އެވެ. ދެވަނަ މެޗު ގައި ވާދަކުރާނީ ހަންފަނޑު އަދި ކައިޒީން ދަ ޓައިގާރޒް އެވެ.

މިހާތަނަށް ކުޅެވުނު މެޗު ތަކުގެ ނަތިޖާ
މެޗު 1. ދަށްފަޅު މޯލްޑިވްސް 03-00 ހުއްރިއްޔާ
މެޗު 2. ޔަންގްފޯރސް 03-00 ހަންފަނޑު
މެޗު 3. ދަށްފަޅު މޯލްޑިވްސް 03-00 ހަންފަނޑު
މެޗު 4. ޔަންގްފޯރސް 00-03 ކައިޒީން ދަ ޓައިގާރޒް

ފޮޓޯ : އުންގާ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ