ށ. ފުނަދޫ ކޯވިޑް ފެސިލިޓީގައި ފަރުވާދެމުންދާ ބަލިމީހުންގެ އަދަދު ހަތަރަކަށް

ޚަބަރު ފަހުގެ

ޒޯން 1ގެ ރަށްތަކަށް ޚާއްސަކޮށްފައިވާ ކޯވިޑް ފެސިލިޓީ ކަމުގައިވާ ށ ފުނަދޫ ކޮވިޑް ފެސިލިޓީގައި މިވަގުތު ފަރުވާދެމުންދާ ބަލިމީހުންގެ އަދަދު ހަތަރަކަށް އަރައިފިއެވެ.

ށ.އަދޮޅު ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުން މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ ދެ ބަލި މީހުން އެފެސެލިޓީއަށް ގެނެސްފައެވެ. އަދި އެއީ ޕޭސެންޓް 9 އަދި 10 ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މިމަހު 7 ވަނަ ދުވަހު ވަނީ ދެ މީހުން އެ ފެސިލިޓީއަށް ފަރުވާއަށް ގެނެސްފައެވެ. އެހެންކަމުން މިއަދު ގެނެވުނު ދެ މީހުންނާ އެކު އެތަނުގައި މިވަގުތު ފަރުވާދޭ މީހުންގެ ޖުމުލަ އަދަތު ހަތަރަކަށް އެރީއެވެ.

ފުނަދޫ ކޯވިޑް ފެސިލިޓީގައި އައިސީޔޫ 20 އެނދާއި އައިސޮލޭޝަން 37 އެނދު ހުރެއެވެ. މިފެސިލިޓީގައި މީގެ ކުރިން ވަނީ 6 މީހަކަށް ފަރުވާދީފައިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ