އުންގާ ވޮލީ ކަޕް 2021 ގެ ތަށި ކައިޒީން ދަ ޓައިގާރޒް އިން އުފުލާލައިފި

ކުޅިވަރު ފަހުގެ

ށ. ފުނަދޫގެ ޖަމިއްޔާއެއް ކަމަށްވާ ޔުނައިޓެޑް ނިއު ޖެނެރޭޝަން އެޑެލްޓްސް (އުންގާ) ޖަމިއްޔާގެ ފަރާތުން އިންތިޒާމުކޮށް ކުރިޔަށްގެންދިޔަ އެ ޖަމިއްޔާގެ ފުރަތަމަ ވޮލީ މުބާރާތް “އުންގާ ވޮލީ ކަޕް 2021″ގެ ތަށި ކައިޒީން ދަ ޓައިގާރޒް އިން އުފުލާލައިފިއެވެ.

އެއްވަނަ ޓީމަށް 5000 ރުފިޔާ އަދި ދެވަނަ ޓީމަށް 2000 ރުފިޔާ ލިބޭ މި މުބާރާތް ކައިޒީން ދަ ޓައިގާރޒް އިން ކާމިޔާބުކުރީ ރޭގައި ކުޅެވުނު ފައިނަލުގައި ދަށްފަޅު މޯލްޑިވްސް 3-2 އިން ބަލިކޮށްގެންނެވެ. އެޓީމުން މި މުބާރާތުގެ ތަށި އުފުލާލީ އެއްވެސް މެޗަކުން ބަލިނުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކައިޒީން ދަ ޓައިގާރޒް ގެ މުހައްމަދު އިމްރާނެވެ.

ފައިނަލް މެޗަށްފަހު ވަނަވަނައަށް ދިޔަ ޓީމުތަކަށް ވަނީ ވާދައިގެ ތައްޓާއި ފައިސާގެ އިނާމު ހަވާލުކޮށްފައެވެ.

މުބާރާތުގައި ހޮވާފައިވާ ވަނަތައް:

  • އެންމެ މޮޅު ސާއު ކުރުންތެރިޔާ : އަހުމަދު އިބުރާހިމް ފުޅު، ދަށްފަޅު މޯލްޑިވްސް
  • އެންމެ މޮޅު ސެޓަރު : އަހުމަދު މުއާޒު، ކައިޒީން ދަ ޓައިގާރޒް
  • އެންމެ މޮޅު ރިސީވަރު : މުހައްމަދު ވަހީދު، ދަށްފަޅު މޯލްޑިވްސް
  • އެންމެ މޮޅު ސްޕައިކަރ: މުހައްމަދު އަގުލީމް، ކައިޒީން ދަ ޓައިގާރޒް
  • ފެއަރޕްލޭ ކުޅުންތެރިޔާ : އިސްމާއިލް ޒައިން، ޔަންގް ފޯރސް
  • އެންމެ ޕްރޮމިސިން ފްލޭޔަރ : އިސްމާޢީލް އަޔާން، ޔަންގް ފޯރސް
  • ޕުލެޔަރ އޮފް ޓޯނަމަންޓް : މުހައްމަދު އަގުލީމް، ކައިޒީން ދަ ޓައިގާރޒް
  • ޗެންޕިޔަން ޓީމް : ކައިޒީން ދަ ޓައިގާރޒް
  • ރަނަރއަޕް ޓީމް : ދަށްފަޅު މޯލްޑިވްސް

ފޮޓޯ : އުންގާ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ