ށ.ފުނަދޫން ވެކްސިން ޖަހަން ބޭނުންވާ 18 އަހަރުން މަތީ މީހުންގެ ޢަދަދު ދެނެގަތުމުގެ މަސައްކަތް ށ. އަތޮޅު ހޮސްޕިޓަލުން ފަށައިފި

ޚަބަރު ފަހުގެ

ށ. ފުނަދޫގައި ދިރިއުޅޭ މީހުންގެ ތެރެއިން، ކޯވިޑް ވެކްސިން ޖަހަން ބޭނުންވާ ޢުމުރުން 18 އަހަރުން މަތީ މީހުންގެ ޢަދަދު ދެނެގަތުމުގެ މަސައްކަތް ށ. އަތޮޅު ހޮސްޕިޓަލުން ފަށައިފިއެވެ.

ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލުން މިއަދު އާންމު ކުރި ދެންނެވުމެއްގައި ބުނީ، ފުނަދޫގައި ދިރިއުޅޭ މީހުންގެ ތެރެއިން، ކޯވިޑް ވެކްސިން (ކޮވިޝީލްޑް) ޖަހަން ބޭނުންވާ ޢުމުރުން 18 އަހަރުން މަތީ މީހުންގެ ޢަދަދު ދެނެގަންނަން އެ ހޮސްޕިޓަލުން ބޭނުންވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މިގޮތުން އެފަދަ މީހުން މިއަދުން ފެށިގެން މިމަހުގެ 24 ވަނަ ދުވަހަށް، ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން ފެށިގެން ރޭގަނޑު 22:00 އާއި ދެމެދު އެ ހޮސްޕިޓަލަށް ގުޅައި ނަން ނޯޓު ކުރުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފަ އެވެ.

ނަން ނޯޓު ކުރަން ގުޅަން ޖެހެނީ އެ ހޮސްޕިޓަލްގެ 6540061 ނަމްބަރު ފޯނަށެވެ.

ކޯވިޑް ވެކްސިން ދިނުން ރާއްޖޭގެ 79 މަރުކަޒެއްގަ ކުރިއަށް އެބަދެއެވެ. އެއީ ގްރޭޓަރ މާލޭގެ 10 ވެކްސިނޭޝަން މަރުކަޒަކާއި އަދި އަތޮޅުތެރޭގެ 69 ވެކްސިނޭޝަން މަރުކަޒަކުންނެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ