ކްރޮޓޯނޭ އަތުން ޔުވެންޓަސް މޮޅުވެ،ތަަވަލްގެ ތިންވަނައަށް

ކުޅިވަރު ފަހުގެ

އިޓާލިއަން ލީގުގައި ހޯމަ ދުވަހުގެރޭ ކްރޮޓޯނޭ ބަލިކޮށް ތާވަލުގެ ތިންވަނައަށް އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޔުވެންޓަސް މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގައި ޔުވެންޓަސްއިން މޮޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ދެ ލަނޑު ޖަހާފައެވެ. އެގޮތުން މެޗުގެ 38 ވަނަ މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސްއަށް ލީޑު ނަގައިދިންއިރު، މި ހާފުގެ އިތުރު ވަގުތުގައި ޔުވެންޓަސްއަށް ލީޑު ފުޅާކޮށްދިނީވެސް ރޮނާލްޑޯއެވެ. އަދި މެޗުގައި ޔުވެންޓަސްއިން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ 66 ވަނަ މިނެޓުގައި ޖަހައިދިނީ ވެސްޓަން މެކެނީއެވެ.

މި މެޗުގައި ޕޯޗުގަލުގެ ތަރި ރޮނާލްޑޯ ދެ ލަނޑު ޖެހިއިރު، އޭނާ ވަނީ މި ފަހަރު ލީގުގައި 18 ލަނޑު ޖަހައި، ލަނޑު ލިސްޓުގެ ކުރިއަށް ޖެހިލާފައެވެ. އަދި ޔުވެންޓަސްއަށް 2018 ވަނަ އަހަރު ބަދަލުވި ފަހުން ރޮނާލްޑޯ ވަނީ މިހާތަނަށް ލީގުގައި އެ ޓީމަށް 70 ލަނޑު ޖަހައިދީފައެވެ.

ކްރޮޓޯނޭ އަތުން ހޯދި މޮޅާއެކު ތާވަލުގެ ތިންވަނައަށް ޔުވެންޓަސް ޖެހިލީ ކުޅުނު 22 މެޗުން 45 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެވަނައިގައި އޮތް އޭސީ މިލާނަށް 23 މެޗުން 49 ޕޮއިންޓް ލިބިފައިވާއިރު، އިންޓަ މިލާން އެއްވަނައިގައި އޮތީ 23 މެޗުން 53 ޕޮއިންޓާއެކުއެވެ. އަދި ހޯމަ ދުވަހުގެރޭ ޔުވެންޓަސް އަތުން ބަލިވި ކްރޮޓޯނޭ އޮތީ ތާވަލުގެ ފުލުގައި 23 މެޗުން 12 ޕޮއިންޓާއެކުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ