ކުޅުދުއްފުށި މަގު ހެދުމުގެ މަޝްރޫއުގައި އާރުޑީސީއާއި އެކު ސޮއިކޮށްފި

ޚަބަރު ފަހުގެ

ހދ. ކުޅުދުއްފުށީ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމަކީ ހައުސިންގ މިނިސްޓްރީ އާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ދެމެދު ވެވުނު އެއްބަސްވުމެކެވެ.

ޖުމްލަ 100،700.048.55 ރުފިޔާ ޚަރަދުވާ މި މަޝްރޫޢުގެ މުއްދަތަކީ 510 ދުވަހެވެ.

އިޝްތިހާރު
އިޝްތިހާރު

އާރުޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، މޫސާ އަލި މަނިކުއާއި ޗީފް ފައިނޭންޝަލް އޮފިސަރ، ޔާސިރު ހަސަން އެވެ. ޕްލޭނިންގް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.

މި މަޝްރޫޢުގެ ދަށުން ކުޅުދުއްފުށީ ސިޓީގައި 6 ކިލޯމީޓަރުގެ މަގުތަކުގައި ތާރުއަޅައި، މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމްކޮށް މަގުބައްތި ޖެހާނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ