އިންޓަ އާއި މިލާނަށް މޮޅެއް

ކުޅިވަރު ފަހުގެ

އިޓާލިއަން ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުތަކުން އިންޓަ މިލާނާއި އޭސީ މިލާންވެސް މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އިންޓަ މޮޅުވީ ޖެނޯއާ އަތުން 3-0 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މެޗު ފަށައިގެން 32 ސިކުންތު ތެރޭގައި އިންޓައިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ރޮމެލޫ ލުކާކޫއެވެ. އަދި އޭގެ ފަހުން މި މެޗުގައި އިންޓަގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔައިރު، މެޗުގެ 69 ވަނަ މިނެޓުގައި މަޓެއޯ ޑާމިއަން ވަނީ އެ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ. އަދި މި މެޗުގައި އިންޓައިން ކާމިޔާބުކުރި ތިންވަނަ ލަނޑު އޭގެ 10 މިނެޓު ފަހުން ކާމިޔާބުކޮށްދިނީ އަލެކްސިސް ސަންޗޭޒެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި އިންޓަ އޮތީ ހަތަރު ޕޮއިންޓުގެ ލީޑަކާއެކުއެވެ. އެގޮތުން އެ ޓީމަށް ކުޅުނު 24 މެޗުން ވަނީ 56 ޕޮއިންޓް ލިބިފައެވެ. އަދި އިންޓަ އަތުން ބަލިވި ޖެނޯއާ އޮތީ ތާވަލުގެ 13 ވަނައިގައި 24 މެޗުން 26 ޕޮއިންޓާއެކުއެވެ.

މީގެ އިތުރުން ތާވަލުގެ ދެވަނައިގައި އޮތް މިލާން މޮޅުވީ ރަށުން ބޭރުގައި ރޯމާ އަތުން 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއަކުން މިލާނަށް ލިޑު ނަގައިދިނީ ފްރޭންކް ކެސީއެވެ. މިއީ ރޯމާގެ ފެޑެރީކޯ ފާޒިއޯ އޭރިއާތެެރެއިން މިލާންގެ ޑޭވިޑޭ ކަލާބްރިއާ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި ޖޯޑަން ވެރެޓޫޓް ވަނީ ރޯމާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ނަމަވެސް އޭގެ އަށް މިނެޓު ފަހުން މިލާނަށް އަލުން ލީޑު ނަގައިދިނީ އަންޓެ ރެބިޗެވެ.

މި މޮޅާއެކު ތާވަލުގެ ދެވަނައިގައި މިލާން އޮތީ 24 މެޗުން 52 ޕޮއިންޓާއެކުއެވެ. އަދި މިލާން އަތުން ބަލިވި ރޯމާ އޮތީ ތާވަލުގެ ފަސްވަނައިގައި 24 މެޗުން 44 ޕޮއިންޓާއެކުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ