ޕީޕީއެމް/ޕީއެންސީ ކެމްޕޭނު ރީ-ލޯންޗިންގ ހޮނިހިރު ދުވަހު

ޚަބަރު ފަހުގެ

އަންނަ މަހުގެ 10 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ކެމްޕޭނު ފަށަން، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެމްޕޭން ރީ-ލޯންޗިންގ ޖަލްސާ ހޮނިހިރު ދުވަހުގެރޭ ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ބުނީ، ކެމްޕޭނު ރީ-ލޯންޗިންގ ޖަލްސާ އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ 9:00 ގައި ޕީޕީއެމް އޮފީހުގައި ކަމަށެވެ. ކައުންސިލް އިންތިހާބަށް އިދިކޮޅުން ވާދަކުރާ ހުރިހާ ކެންޑިޑޭޓަނުންނަށް ވާޗުއަލްކޮށް ބައިވެރިވެވޭ ގޮތަށް ޖަލްސާ ކުރިޔަށްދާނީ އެޗްޕީއޭގެ ގައިޑްލައިންއި އެއްގޮތަށް ކަމަށް ޕީޕީއެމުން ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕިއެމް/ޕީއެންސީގެ ސްޓިއަރިން ކޮމިޓީގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ، ރީ-ލޯންޗިންގ ޖަލްސާ ގައި ގައި މުހިއްމު މައުލޫމާތުތަކެއްގެ ހިއްސާކުރެވިގެން ދާނެ ކަމަށެވެ. އިންތިހާބަށް އެ ޕާޓީން ގެންގުޅޭ ޝިޔާރުތައް އިފްތިތާހު ކުރެވިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ޕީޕީއެމުން ލޯކަލް ކައުންސިލް އިންތިހާބަށް ގެންގުޅޭ ޝިއާރަކީ ”މަގޭ ރާއްޖެ” އެވެ.

އެޗްޕީއޭއިން އިންތިހާބަށް ކަނޑައަޅާފައިވާ ގައިޑްލައިންއާ އެކު ކެމްޕޭނުކުރަން ހަމަހަމަ ފުރުސަތުތަކެއް ނުލިބޭ ކަމަށް ބުނެ އިދިކޮޅުން ވަނީ މިއަދުވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މުއާޒު ވަނީ ސަރުކާރު މައި ޕާޓީ އެމްޑީޕީ އަށް އެޗްޕީއޭގެ އުސޫލުތަކާއި ހިލާފަށް ރަށްރަށަށް ގޮސް ކެމްޕޭނުގެ ކުރުމުގެ ފުރުސަތުދެމުންދާ ކަމަށް ވިދާޅުވެފައެވެ.

ގައިޑްލައިންތަކާއި އެކު އެންމެ އެކަށީގެންވާ ގޮތަށް ކެމްޕޭނު ކުރުމުގެ ފުރުސަތު ނުލިބޭތީވެ ޕާޓީތަކުގެ ކަންބޮޑުވުންތައް އެބައޮތެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ